ޢީދު ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ވަޒީރު ޝިހާމް ގަމަށް ވަޑައިގެންފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 5 ޖޫން 2025 17:09
ލ. ކައްދޫ އެއަރޕޯޓުން ވަޒީރަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި. / ފޮޓޯ: ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ލ. ކައްދޫ އެއަރޕޯޓުން ވަޒީރަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި. / ފޮޓޯ: ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ޚުލާސާ

ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުން.

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ލ.ގަމުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ގަމަށް ވަޑައިގެންފިއެވެ.

ލ. ކައްދޫ އެއަރޕޯޓުން ވަޒީރަށް މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހައްދުއްމަތީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި، ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއާާއި، ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ވުޒާރާގެ ޓީމުގެ ބޭފުޅުންގެ އިތުރަށް، ފޮނަދޫ ކައުސިލްގެ ރާއީސް އަޙްމަދު ރިޔާޒާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާނެވެ.

ހައްދުންމަތީ ގަމުގެ ތިން އަވަށުގައި ވެސް ވަރަށް ފޯރިޔާއެކު މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގަމުގެ ރައްޔިތުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަނުންނެވެ. ރަށުގެ ހުރިހައި އުމުރެއްގެ އަންހެން ފިރިހެން އަދި ޒުވާނުންނާއި އިސް ރަށްވެހީންގެ ބައިވެރިވުމާއެކު ކައުންސިލްގެ ފަރާތުން ދަނީ މި ފަހަރުގެ ޢީދު އެހެން އަހަރުތަކާއި ޚިލާފަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރީތައް ވަމުންކަމުގައި ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.

ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ.

މިއަހަރުގެ އީދު ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%