ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި "ތުނޑީ ބަނދަރު މިސްކިތް" މިއަދު ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 21:10
ތުނޑީ ބަނދަރު މިސްކިތް. މި މިސްކިތަކީ އެއްފަހަރާ 342 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެއް. / ފޮޓޯ: މިނިސްޓްރީ
ތުނޑީ ބަނދަރު މިސްކިތް. މި މިސްކިތަކީ އެއްފަހަރާ 342 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެއް. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

2023 ވަނަ އަހަރު މެއި 11 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެއް.

ލ. ގަމު ތުނޑީ އަވަށު ބަނދަރު ސަރަޙައްދުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިއަދުގެ ހުކުރު ނަމާދު މި މިސްކިތުގައި ވަނީ ކޮށްފަ އެވެ. މިއަދުގެ ހުކުރު ހުތުބާ ދެއްވައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވެސް މިނިސްޓަރު ޑރ. ޝަހީމް އެވެ.

"ތުނޑީ ބަނދަރު މިސްކިތް" އަކީ އަމިއްލަ ފަރާތަކުން އިސްނަގައިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ނަމާދުކުރުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ބިނާކުރި މިސްކިތެކެވެ. މިއީ ޒަމާނީ ފަރުމާއަކަށް، ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއެކު ބިނާކޮށްފައިވާ ރީތި މިސްކިތެކެވެ.

2023 ވަނަ އަހަރު މެއި 11 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ލ. ގަމު ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

މި މަހު ފެށޭ ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ އިއްޔެ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%