Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

އުސްތާޛް މުޙައްމަދު ޢަލީ
388 ދުވަސް ކުރިން - 14 މެއި 2025 09:18
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އިސްރަށްވެހިންނާއެކު / ފޮޓޯ: ވުޒާރާ
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އިސްރަށްވެހިންނާއެކު / ފޮޓޯ: ވުޒާރާ
ޚުލާސާ

ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުން" ގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް.

ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. އިއްޔެ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.

"ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުން" ގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމދު މުޢިއްޒުގެ އިރުޝާދާއި އެއްގޮތަށް ކުރިއަށްގެންދާ އިޖްތިމާޢީ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ލިބެންޖެހޭ އިޖްތިމާޢީ އެހީތެރިކަން ދެނެގަނެވި، ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

"މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަކީވެސް މުޖުތަމަޢުގައި ޝާމިލްވެގެން އުޅޭ ބަޔަކަށް ހެދުން،" ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިސްރަށްވެހިންނާއެކު ޒުވާން އުމުރުފުރާގެ ކުދިންވެސް ބައިވެރިވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12,000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، އެފަރާތްތަކުގެ ޙާލަތު ދެނެގަނެވިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

66 ދުވަސް ކުރިން - 20:17

ހާއްސަ އެހީއަށް ބޭނުންވާ 356 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

ހާއްސައެހީއަށް ބޭނުންވާ 356މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

144 ދުވަސް ކުރިން - 22:16

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

އަމާންވެށިތަކުގައި ތިބި 110ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

158 ދުވަސް ކުރިން - 16:45

ޢީދު ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ވަޒީރު ޝިހާމް ގަމަށް ވަޑައިގެންފި

ޢީދު ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ޝިހާމް ގަމަށް ވަޑައިގެންފި

365 ދުވަސް ކުރިން - 17:09

'ޙާލު ކިހިނެއް' ޕްރޮގްރާމުގެ ދަށުން 14،000 ގެއަކަށް ޒިޔާރަތްކޮށްފި

ޙާލު ބެލުމަށް 14،000 ގެއަކަށް ޒިޔާރަތްކޮށްފި

375 ދުވަސް ކުރިން - 09:50

ފަގީރުން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާކޮށްފި

ފަގީރުން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާކޮށްފި

379 ދުވަސް ކުރިން - 15:53