Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފަގީރުން މަދުކުރުމަށް އެމްއައިބީއާއެކު މަޝްވަރާކޮށްފި

އަހްމަދު އީޒާން
517 ދުވަސް ކުރިން - 22 މެއި 2025 15:53
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިސްލާމިކް ބޭންކްއާ އެކު ބޭއްވި ބައްދަލުވުމުން / ފޮޓޯ: ސޯޝަލް މިނިސްޓްރީ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިސްލާމިކް ބޭންކްއާ އެކު ބޭއްވި ބައްދަލުވުމުން / ފޮޓޯ: ސޯޝަލް މިނިސްޓްރީ
ޚުލާސާ

ފުދުންތެރިކަން ދަށް އާއިލާތަކަށް ނުވަތަ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މިނިސްޓްރީން ވަނީ އެމްއައިބީއާއެކު މަޝްވަރާކޮށްފައި.

ރާއްޖޭގައި އުޅޭ ފަގީރުން މަދުކުރުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިސްލާމިކް ބޭންކް (އެމްއައިބީ)އާއެކު މަޝްވަރާތައް ފަށައިފި އެވެ.

މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފަގީރުކަން މަދުކުރުމުގެ މަސައްކަތް އެމްއައިބީން އެ މިނިސްޓްރީއާ އެކު ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާއި މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވާފައިވާ ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި ފުދުންތެރިކަން ދަށް އާއިލާތަކަށް ނުވަތަ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

އެ ޕްރޮގްރާމުގެ ދަށުން މަޝްވަރާކޮށްފައި ވަނީ;

• އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރުން

• އަސާސީ ހިދުމަތްތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން

• ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

• އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން

މިނިސްޓްރީން ބުނި ގޮތުގައި, އެމްއައިބީން ވަނީ ވަނީ މިއީ ދިވެހި މުޖުތަމައުގައި ތިބި އެންމެ ނިކަމެތި މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ކަމަަށް ފާހަގަކޮށްފަ އެވެ.

ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންނާއެކު މިނިސްޓްރީން މިހާރު ވެސް ގާތުން މަސައްކަތްކުރަމުން އަންނައިރު, މިނިސްޓްރީއާ އެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެމްއައިބީން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އައިޝަތު ޝިހާމްމޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" ސްވަރން ބައި ދަ ހޯކްސް ހޮޓެލްސް އަށް

"ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" ސްވަރން ބައި ދަ ހޯކްސް ހޮޓެލްސް އަށް

4 ދުވަސް ކުރިން - 11:44

އެމްއައިބީގެ "ފައިސާ މޮބައިލް އެކްސް 2.0" ބޮޑެތި ބަދަލުތަކާއެކު އިފުތިތާހުކޮށްފި

އެމްއައިބީގެ "ފައިސާ މޮބައިލް އެކްސް 2.0" ބޮޑެތި ބަދަލުތަކާއެކު އިފުތިތާހުކޮށްފި

36 ދުވަސް ކުރިން - 15:39

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

58 ދުވަސް ކުރިން - 14:50

ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

168 ދުވަސް ކުރިން - 23:07

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

204 ދުވަސް ކުރިން - 20:17

އެމްއައިބީއިން ފަހު ދިހައިގައި ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

އެމްއައިބީއިން ފަހު ދިހައިގައި ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

229 ދުވަސް ކުރިން - 21:22