Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޑީސީ އާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

އެޗްޑީސީ އާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
76 ދުވަސް ކުރިން - 6 މެއި 2026 23:07
"ޝޭޑް ސްޓްރަކްޗާ" ގާއިމްކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެޗްޑީސީ
"ޝޭޑް ސްޓްރަކްޗާ" ގާއިމްކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން ތައްޔާރުކޮށް ފޯރުކޮށްދޭނީ އެޗްޑީސީގެ ފަރާތުން. އެ ސްޓްރަކްޗާ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި، އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ އެމްއައިބީގެ ފަރާތުން.

ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރުން ބަލައިދާ ބެލެނިވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ "ޝޭޑް ސްޓްރަކްޗާ" އެއް ނުވަތަ ހިޔާވައްސެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިން ޑިރެކްޓަރު ހަސަން ޝަހީދު އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީ އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، ސްކޫލް ނިމޭ ގަޑިތަކުގައި ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް އަވިންނާއި ވާރޭއިން ސަލާމަތްވެ، ހިޔާލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމެވެ.

Advertisement

Advertisement 1

ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން، ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން ތައްޔާރުކޮށް ފޯރުކޮށްދޭނީ އެޗްޑީސީގެ ފަރާތުންނެވެ. އަދި އެ ސްޓްރަކްޗާ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި، އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ އެމްއައިބީގެ ފަރާތުންނެވެ.

މި މަޝްރޫއުގެ ސަބަބުން ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލް ސަރަހައްދުގައި ކިޔޫ ހަދައިގެން ތިބޭ ބެލެނިވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާހުރި، މިފަދަ ތަފާތު އިޖުތިމާއީ މަޝްރޫއުތައް އެކި ފަރާތްތަކާ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިއުމެވެ.

އެޗްޑީސީމޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ސަލާހުއްދީން ސްކޫލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

22 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

30 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

33 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

40 ދުވަސް ކުރިން - 16:51

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

47 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

55 ދުވަސް ކުރިން - 17:49