Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

އައިޝަތު ރުވާ ރިފްޢަތު
12 ގަޑިއިރު ކުރިން - 24 އޯގަސްޓް 2026 14:50
ރުފިޔާގެ އަގު މަތިކުރުމަށް އިދާރާތަކުން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ---
ރުފިޔާގެ އަގު މަތިކުރުމަށް އިދާރާތަކުން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ---
ޚުލާސާ

ދަތުރުވެރިންނަށް ކޮންމެ މީހަކަށް 500 ޑޮލަރު ވިއްކުމުގެ އިތުރުން، ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1،000 އިން 2،000 އާ ދެމެދުގެ އަދަދަކަށް ޑޮލަރު ދޫކުރޭ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ވަނީ ބޮޑުކޮށްފައި.

ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި، ބޭސްފަރުވާއާއި، ތައުލީމު ހާސިލުކުރުން ފަދަ ޒަރޫރީ މުހިންމު ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޔޫއެސް ޑޮލަރު ފަސޭހަކަމާއެކު ކުރިއެކޭ އެއްގޮތަށް މިހާރުވެސް ދަނީ ލިބެމުންނެވެ. މި ހިދުމަތް މައިގަނޑު ގޮތެއްގައި އެމްއެމްއޭއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.

މި އިންތިޒާމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާއަށްވުރެ ބޭރު ފައިސާގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމަށް ރަސްމީ އަގުގައި ޑޮލަރު ފޯރުކޮށްދިނުމެވެ. މިގޮތުން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކާއި އުސޫލުތަކަކީ:

ދަތުރުވެރިންނަށް ޑޮލަރު ދޫކުރުން:

Advertisement

Advertisement 1

ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ގަތުމުގެ ފުރުސަތު އޮވެއެވެ. ބީއެމްއެލްގެ ޕޯޓަލް ނުވަތަ އެޕް މެދުވެރިކޮށް ޓިކެޓާއި ޕާސްޕޯޓްގެ މައުލޫމާތު ހިމަނައިގެން ކުރިއާލާ ބުކްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދި ހަނިމާދޫ އެއާޕޯޓް ފަދަ ޑިޕާޗާ ޕޮއިންޓްތަކުން ޑޮލަރު ނެގޭނެއެވެ. މީގެއިތުރުން، ދަތުރުވެރިންގެ ފަސޭހައަށްޓަކައި ދިވެހި ރުފިޔާ ޑެބިޓް ކާޑުތަކުގެ ޕީއޯއެސް ލިމިޓް މަހަކު 1،000 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، ކްރެޑިޓް ކާޑުން 1،400 ޑޮލަރުން ފެށިގެން ބޭނުންކުރެވެއެވެ. ޓިކެޓާއި ހޮޓާ ބުކިންގްސް ފަދަ ކަންކަމަށް 3،000 ޑޮލަރާ ހަމައަށް ހަރަދުކުރެވެއެވެ. އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން މަހަކު 125 ޑޮލަރު ނެގުމުގެ ފުރުސަތު ވެސް ލިބެއެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުން:

ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހާއްސަ ކެޓަގަރީތަކަކަށް ބަހާލައިގެންނެވެ:

  1. އާސަންދަ ހަމަޖެހިފައިވާ ފަރާތްތަކަށް: 2،000 ޑޮލަރާ ހަމައަށް.
  2. އެންސްޕާގެ އެހީ ލިބިފައިވާ ފަރާތްތަކަށް: 2،000 ޑޮލަރާ ހަމައަށް.
  3. އަމިއްލަ ހަރަދުގައި ދާ ފަރާތްތަކަށް: 1،000 ޑޮލަރާ ހަމައަށް.
  4. ޑެބިޓް ކާޑު މެދުވެރިކޮށް ހޮސްޕިޓަލުގެ ބިލްތައް ދެއްކުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ބީއެމްއެލް އެޕްލިކޭޝަން މެދުވެރިކޮށް އެކަމަށް އެދުމުން ޕީއޯއެސް ލިމިޓް ބޮޑުކޮށްދިނުން.

މި އެހީއަށް އެދި ބޭންކުގެ ޑިޖިޓަލް ޕޯޓަލް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް، ބޭސްފަރުވާގެ ލިޔެކިޔުންތަކާއި އެޕޮއިންޓްމަންޓް އަދި ޓިކެޓް ހުށަހެޅުމުން އެ ފައިސާ ޖަމާކޮށްދެވެނީ ކަސްޓަމަރުގެ ޑޮލަރު އެކައުންޓަށެވެ. މީގެއިތުރުން ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ބިލްތަކަށް ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.

ބޭރުގައި ކިޔަވާ ދަރިވަރުން:

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހާއްސަ "ސްޓޫޑެންޓް ކާޑު" ތަކަށް މަހަކު 1،200 ޑޮލަރުގެ ފޮރިން ޓްރާންސެކްޝަން ލިމިޓެއް ލިބެއެވެ. މީގެއިތުރުން ޓިއުޝަން ފީ އަދި ސްޓައިޕެންޑް/ހުރުމުގެ ހުރަދުތައް ހަމަޖެއްސުމަށް ޓީޓީ މެދުވެރިކޮށް ޔުނިވަރސިޓީތަކަށް ފައިސާ ފޮނުވައިދިނުމުގެ އެހީތެރިކަން ދިވެހި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވެއެވެ.

އޮންލައިން ވިޔަފާރިއާއި ޓީޓީގެ ހިދުމަތް:

އަމިއްލަ ބޭނުންތަކަށް އޮންލައިންކޮށް މުދާ ގަތުމަށް ދިވެހި ރުފިޔާ ކާޑުތަކަށް 1،000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. ނަމަވެސް، ޑޮލަރު އެކައުންޓަށް ލިންކުކޮށްފައިވާ ކާޑުތަކަށް އެއްވެސް ލިމިޓެއް ނޯވެއެވެ. ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށް ބޭންކުތަކުން ވަކި އިންސައްތައަކަށް ރަސްމީ ރޭޓުގައި ޑޮލަރު ވިއްކައިގެން ޓީޓީ ހަދައިދިނުމުގެ ހިދުމަތް ވެސް ލިބެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނާއި އެމްއެމްއޭގެ ގަވާއިދުތަކުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ބޭންކިންގ ނިޒާމަށް ޖަމާކޮށް މާރުކުރުމަށް ލާޒިމުކޮށްފައިވުމަކީ، މިގޮތަށް ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ރަސްމީ ރޭޓުގައި ފޯރުކޮށްދިނުމަށް ލިބޭ ބޮޑު ބާރެކެވެ. ބޭންކުތަކުން އިލްތިމާސްކުރަނީ ޑޮލަރުގެ ހިދުމަތްތައް ހޯދުމަށް ފުރިހަމަ ލިޔެކިޔުންތަކާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރިއާލާ ހުށަހެޅުމަށާއި، ބޮޑު އަގުގައި ގަވާއިދާ ހިލާފަށް ހިންގާ ބްލެކް މާކެޓުގެ ބަދަލުގައި ރަސްމީ ބޭންކިންގ ނިޒާމުގެ ބޭނުން ހިފުމަށެވެ.

ޑޮލަރުމޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ބީއެމްއެލްއެމްއެމްއޭ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

12 ގަޑިއިރު ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

13 ގަޑިއިރު ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

1 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

3 ދުވަސް ކުރިން - 16:40

އެމްއެމްއޭގެ ދެ ގަވާއިދަކަށް، އީމެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ދެ ގަވާއިދަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

4 ދުވަސް ކުރިން - 09:45

ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

“ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް”

6 ދުވަސް ކުރިން - 12:17