މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން ޢިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަހުޤީޤަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގައި ޢިއުލާނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ޢިއުލާނުކޮށްފައިވަނީ މާއިސް މުޙައްމަދު، ކ.ކާށިދޫ، ފަޒާ (27އ) އަދި ޢާއިޝަތު ނުހާ، އދ. ކުނބުރުދޫ/މާބަގީޗާގެ (34އ) ހޯދުމަށެވެ. މި ދެމީހުންވެސް ހޯދުމަށް ޢިއުލާނުކޮށްފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ޢިއުލާނުކޮށްފައިވަނީ މި ދެ މީހުންވެސް ވީ އެންމެ އަވަހަކަށް ނުވަތަ މި މަހުގެ 20 ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރު ވުމަށެވެ.









