Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޑީސީން 2،100 ސޯޝަލް ހައުސިންގ ފްލެޓް ހިމެނޭ 15 މަޝްރޫޢެއް ފަށައިފި

އެޗްޑީސީން 2،100 ސޯޝަލް ހައުސިންގ ފްލެޓް ހިމެނޭ 15 މަޝްރޫޢެއް ފަށައިފި

އާނާ ފަހީމް
665 ދުވަސް ކުރިން - 13 ނޮވެންބަރު 2024 09:58
އެޗްޑީސީއިން ފަރުކޮޅުފުށި ގޭޓެޑްގެ ނަމުގައި ތަރައްގީކުރާ ސަރަހައްދުގެ މޮޑެލްއެއް
އެޗްޑީސީއިން ފަރުކޮޅުފުށި ގޭޓެޑްގެ ނަމުގައި ތަރައްގީކުރާ ސަރަހައްދުގެ މޮޑެލްއެއް
ޚުލާސާ

ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރާ މަޝްރޫޢުތައް ހިމެނޭގޮތަށް އެޗްޑީސީއިން "ޓްރާންސްފޯމިން ޓުމޯރޯ" ރަސްމީކޮށް އިފްތިތާޙުކޮށްފި.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ 15 މައިގަނޑު މަޝްރޫޢެއް ފެށުމަށްޓަކައި "ޓްރާންސްފޯމިން ޓުމޯރޯ" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުކުރާ މަޝްރޫޢުތައް ހިމެނެއެވެ. އޭގެ ތެރޭގައި ރަސްމާލެ ޕްރޮޖެކްޓާއި، ހުޅުމާލޭގައި ހިންގާ އިތުރު ދެ ސޯޝަލް ހައުސިންގ މަޝްރޫޢު، ރޯ ހައުސް މަޝްރޫޢު، އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރީފެބް ގެތަކުގެ މަޝްރޫޢު ހިމެނެއެވެ.

އެޗްޑީސީން ހުޅުމާލޭގައި ހިންގުމަށް ރާވާފައިވާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ދަށުން 2،100 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރިތަކަށް ފުރުޞަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައް ވެސް އެޅުމަށް ވަނީ ރޭވިފައެވެ.

Advertisement

Advertisement 1

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ޕްރޮޖެކްޓްތަކުގެ ތެރޭގައި ލަގްޒަރީ ވިލާތަކަށް ޚާއްޞަކޮށްފައިވާ ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ ޕްރޮޖެކްޓް، އެސްއޯއީތަކަށް ޚާއްޞަ އޮފީސް އިމާރާތް، އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްފައިވާ އެލްޑަލީ ކެއަރ ފެސިލިޓީ، އަދި އައިލް އެޑްވެންޗަރ ޕާކް ހިމެނެއެވެ.

މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްޤީ ކުރުމަށް އިފްތިތާޙުކުރެވުނު މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޟުލް ރަޝީދު އަދި ސިޓީ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޑޭވިޑް ޕިއެރިސް ވަނީ އައިލް އެޑްވެންޗަރ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަނަށް މުހިންމު ތަމްރީނުތައް ދިނުމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން މުހިންމު ޕްރޮޖެކްޓްތަކުގެ ތެރޭގައި:

1. ހުޅުމާލޭގައި 15 ޕާކިންގ އިމާރާތް

2. ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، އަދި ގޯ-ކާޓް ޓްރެކް

3. ރޮލަރ ސްކޭޓިންގ އަދި ވޯޓަރ ތީމް ޕާކް ހިމެނޭ އައިލް އެޑްވެންޗަރ ޕާކް

4. ހިސްޓްރީ ސެންޓަރ އަދި ނޮލެޖް ޕާކް

5. ގުޅީ ފަޅު ތެރޭގައި ހަދާ "ނޫވެލި" ލަގްޒަރީ ގެތައް

މި މަޝްރޫޢުތައް ފެށުމާއެކު، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބި، ހުޅުމާލެ އިތުރަށް ތަރައްޤީވެ، އާބާދީ އިތުރުވެގެންދާނެއެވެ.

އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ދުވަސް ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

5 ދުވަސް ކުރިން - 14:00

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

9 ދުވަސް ކުރިން - 13:11

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

24 ދުވަސް ކުރިން - 16:00