Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިޒްރޭލު ޕާސްޕޯޓާމެދު 241 ކޮމިޓީން ފެބްރުއަރީ މަހުގެ ނިޔަލަށް ގޮތެއް ނިންމަން ފާސްކޮށްފި

އިޒްރޭލު ޕާސްޕޯޓާމެދު 241 ކޮމިޓީން ފެބްރުއަރީ މަހުގެ ނިޔަލަށް ގޮތެއް ނިންމަން ފާސްކޮށްފި

ހުސައިން އިސްމާއިލް
576 ދުވަސް ކުރިން - 12 ނޮވެންބަރު 2024 13:15
އިސްރާއީލު ޕާސްޕޯޓު މައްސަލައިގައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
އިސްރާއީލު ޕާސްޕޯޓު މައްސަލައިގައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޚުލާސާ

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލާ މެދު ގޮތެއް ނިންމުމަށް 241 ކޮމިޓީން ފެބްރުއަރީ މަހުގެ ނިޔަލަށް ސުންގަޑި ކަނޑައަޅައިފި. މި ބިލަކީ އެމްޑީޕީން ހުށަހެޅި ބިލެއް ކަމަށާއި، މިއީ ޙައްސާސް މައްސަލައެއް ކަމަށް މެންބަރުން ފާހަގަކުރި.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ސުންގަޑިއެއް ކަނޑައަޅައިފިއެވެ.

ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ބިލާ މެދު ގޮތެއް ނިންމުމަށެވެ. މި ބިލަކީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލެކެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ވަރަށް ޙައްސާސް މައްސަލައެކެވެ. އަދި މި ބިލާ ގުޅިގެން ގިނަ ފަރާތްތަކަކާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް މެންބަރުން ވިދާޅުވިއެވެ.

Advertisement

Advertisement 1

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް ވިދާޅުވީ މިއީ އެމްޑީޕީން ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ މި މައްސަލައަކީ ރާއްޖޭގެ އިޤްތިޞާދާއި މިނިވަންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން ސިޔާސީ ނަޒަރަކުން އެކަނި ބަލައިގެން ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ބިލާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިތުރުން އިޤްތިޞާދީ މާހިރުންނާއި އިންވެސްޓަރުންގެ ޚިޔާލު ވެސް ހޯދަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓާ ގުޅޭ ބިލުގެ މަސައްކަތް ލަސްވަމުންދާތީ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށް، މި މައްސަލައިގައި ކުއްލި މައްސަލަތައް ހުށަހަޅައި، ބަޔާންތައް ވެސް ނެރެފައެވެ.

ރައްޔިތުންގެ މަޖިލިސްއިސްރާއީލްކޮމިޓީ 241
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

7 ގަޑިއިރު ކުރިން - 13:37

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

3 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

3 ދުވަސް ކުރިން - 12:57

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

3 ދުވަސް ކުރިން - 02:45

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

5 ދުވަސް ކުރިން - 16:06

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

5 ދުވަސް ކުރިން - 10:43