ސީއެސްސީ، އޭސީސީ އަދި އީސީގެ މެންބަރުންތަކެއް ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މައްސަލަ ކޮމިޓީއަށް ފޮނުވައި، އަދި ކޮމިޝަންތަކުގެ އޮނިގަނޑަށް ބަދަލުގެނައުމަށް މަސައްކަތް ފަށައިފި.
693 ދުވަސް ކުރިން - 10:48
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ސަޢީދު ވިދާޅުވި.
694 ދުވަސް ކުރިން - 22:09
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެެއް. މި ބަޖެޓްގައި ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ، ސަރުކާރުން މި ބަޖެޓަށް ކިޔާ ނަމަކީ "ގެދޮރުވެރިކަމުގެ ބަޖެޓް".
694 ދުވަސް ކުރިން - 22:04
ސަރުކާރުގެ އަމާޒަކީ ޒަމާނީ، ޝައުޤުވެރިކަން އުފެދޭފަދަ ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ހަރުދަނާ އުސޫލަކުން އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރި.
694 ދުވަސް ކުރިން - 21:51
އެއްބުރުން ވެރިޔަކު ހޮވުމުން ޚަރަދު ކުޑަވާނެ ކަމަށާއި، މި ބަދަލަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށް ރައީސް ވިދާޅުވި.
694 ދުވަސް ކުރިން - 21:41
މި ފައިސާ ބޭނުންކުރާނީ ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިވިކަން ހޯދުމުގެ މަސައްކަތްތަކަށް ކަމަށް އޭޑީބީން ފާހަގަކުރި.
694 ދުވަސް ކުރިން - 21:29
މި ޚާއްޞަ ޖަލްސާ ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި އަދި އިސްލާމީ މަރުކަޒުގެ ކަންކަމަށް ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށްވެސް މިނިސްޓަރ ޝަހީމް ފާހަގަކުރެއްވި.
694 ދުވަސް ކުރިން - 21:14
ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާ ކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަށް ސިޔާސީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި.
694 ދުވަސް ކުރިން - 21:01
މާލޭ ޕޯޓުގައި ހުރި ވިޔަފާރި މުދާ ކޮންޓެއިނަރެއްގެ ތެރެއިން 3.3 ކިލޯ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި.
694 ދުވަސް ކުރިން - 20:55
މި ފެށޭ އަހަރުތެރޭ އާރުޓީއެލް ފެރީގެ ނިޒާމް މުޅި ރާއްޖޭގައި ޤާއިމްކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި.
694 ދުވަސް ކުރިން - 19:14
ރައީސް ވިދާޅުވީ މިސަރުކާރުގެ 51 ހަފްތާގައި މިހާތަނަށް ފައިސާ ޗާޕުކޮށްފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ފައިސާ ޗާޕު ނުކުރާނެ ކަމަށް.
694 ދުވަސް ކުރިން - 17:02
ރައީސް ވިދާޅުވީ އަންނަ އަހަރު ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށި، ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ޙައްލުވާން ފަށާނެކަމަށް.
694 ދުވަސް ކުރިން - 15:06