Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިސްލާމީ އުއްމަތް އެއްބައިވާންޖެހޭ: ރައީސް

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިސްލާމީ އުއްމަތް އެއްބައިވާންޖެހޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
684 ދުވަސް ކުރިން - 11 ނޮވެންބަރު 2024 21:01
ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސް ބައިވެރިވަޑައިގަތުން. / ފޮޓޯ: ރައީސް އޮފީސް
ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސް ބައިވެރިވަޑައިގަތުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާ ކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަށް ސިޔާސީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި.

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސައުދީ އަރަބިއްޔާގެ ލީޑަރޝިޕްގެ ދަށުން އިސްލާމީ އުއްމަތުން އެއްބައިވެ މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިއަދު ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ތަޤުރީރުކުރައްވަމުންނެވެ. މި ސަމިޓަކީ އިސްރާއީލުން ފަލަސްތީނާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކާއި ސަރަހައްދީ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

ރައީސްގެ ވާހަކަފުޅުގައި، ފަލަސްތީނުގެ މައްސަލައަކީ އެތައް އަހަރެއް ވެފައިވާ މައްސަލައެއްކަމަށާއި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ބައި ލައްކައަށްވުރެ ގިނަ ރައްޔިތުން މަރާލާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބާރުވެރި ޤައުމުތަކުން މި މައްސަލައަށް އަޅާނުލާ ތިބުމުން އިސްރާއީލުން އަނިޔާތައް އިތުރަށް ވަރުގަދަކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ނުފޫޒުގަދަ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުން ފެއިލްކޮށްލާފައިވާ ކަމަށެވެ. އަދި އދ ގައި ފަލަސްތީނުގެ ހައްޤުގައި ކުރާ މަސައްކަތްތަކަށްވެސް ވީޓޯގެ ބާރު ބޭނުންކޮށްގެން ހުރަސް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާ ކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢިން އެކަމަށް ސިޔާސީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ރާއްޖެއިންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސަޢުދީ ޢަރަބިއްޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

5 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

17 ގަޑިއިރު ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46