Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރަން، ކުރިއަށް އޮތްތަނުގައިވެސް ނުކުރާނަން: ރައީސް

މަރްޔަމް ޝަހުދާ
712 ދުވަސް ކުރިން - 11 ނޮވެންބަރު 2024 17:02
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިސަރުކާރުގެ 51 ހަފްތާގައި މިހާތަނަށް ފައިސާ ޗާޕުކޮށްފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ފައިސާ ޗާޕު ނުކުރާނެ ކަމަށް.

މި ސަރުކާރުން ދިވެހި ފައިސާ ޗާޕު ނުކުރާނެ ކަމަށް، ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ ދަރަނިވެރި އިޤްތިޞާދެއް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން މި ސަރުކާރާ ގަޢުމު ހަވާލު ކުރީ ދުވަހަކުވެސް ރާއްޖެ ދަރަނިކޮށްނުލާ ވަރަށް ދަރަނިކޮށްލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ޤައުމުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ކަމަށެވެ. އަދި 8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކޮށްފައި ވުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓެން ފަށާފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

ފާއިތުވެ މިދިޔަ އަހަރު ތެރޭ މި ސަރުކާރުން ޤައުމުގެ މާލިއްޔަތު ހަމަޖައްސަމުން، ދަރަނި ދައްކަމުން، ސޮވަރިންގ ފަންޑަށްވެސް އަލުން ޑޮލަރު ޖަމާކޮށް ރައްކާ ކުރަމުން އަންނަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕު ނުކޮށްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން އެމަނިކުފާނު ފައިސާ ޗާޕު ނުކުރާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ 51 ހަފްތާ ނިމިގެން ދިޔައިރު ފައިސާ ޗާޕު ނުކުރާ ކަމަށާއި، ކުރިއައް އޮތް ތަނުގައިވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި، އެމްއެމްއޭ އިން ވަނީ ޚަރަދުތައް ހަމަޖައްސަން ކަމަށް ބުނެ ގިނަ ޢަދަދެއްގެ ފައިސާ ޗާޕުކޮށްފައެވެ. މިކަމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ޢަދަދު ގިނަވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭރު އެމްއެމްއޭއިން ވަނީ ލަފާދީފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

240 ދުވަސް ކުރިން - 22:11

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

241 ދުވަސް ކުރިން - 17:03

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

277 ދުވަސް ކުރިން - 11:05

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

286 ދުވަސް ކުރިން - 19:34

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

336 ދުވަސް ކުރިން - 10:39

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

344 ދުވަސް ކުރިން - 12:22