ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން ދިވެހި ފަސްގަނޑުގައި އަދިވެސް ދިރި އެބައޮތް: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 12 ދުވަސް ކުރިން - 23 ނޮވެންބަރު 2025 10:39
ރައީސް މުއިއްޒު - ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު ވަނީ މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ ލެއްވުމަށް އެދި ދުއާ ކުރައްވައިފަ--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު - ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު ވަނީ މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ ލެއްވުމަށް އެދި ދުއާ ކުރައްވައިފަ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

281 ވަނަ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، އެ ހާދިސާގެ ހަނދާންތައް ޝުކުރުވެރި ކަމާއިއެކު ދިވެހި ފަސްގަނޑުގައި އަދިވެސް ދިރި އެބައޮތް ކަމަށް

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިވެހި ފަސްގަނޑުގައި ދިރި އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަމާއި، ދިވެހި ވަތަނުގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ މި ހާދިސާއަށް ތިންގަރުނުވާން ކައިރިވީ އިރު ވެސް، އެ ހަނދާންތައް ޝުކުރުވެރި ކަމާއެކު ދިވެހި ފަސްގަނޑުގައި ދިރި އެބައޮތް ކަމަށެވެ.

މާލޭގެ އެތައް ތަނެއްގައި ހުޅުޖަހައި، އޭރު ރަސްކަމުގައި ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖު ކޮށްދެއްވި ހިތްވަރުގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ، މިނިވަންކަމާއި ފާގަތި ކަމުގައި ރާއްޖެ ލެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%