Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗާގޮސް އަކީ ދިވެހިންގެ ރަށެއް. ހުރިހާ ގޮތަކުން ވެސް އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް މުއިއްޒު

ޗާގޮސް އަކީ ދިވެހިންގެ ރަށެއް. ހުރިހާ ގޮތަކުން ވެސް އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް މުއިއްޒު

މުހައްމަދު ޖަމްޝަތު
141 ދުވަސް ކުރިން - 21 ޖެނުއަރީ 2026 11:05
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު، ޔޫކޭގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު، ޔޫކޭގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ވަނީ ހިއްސާކޮށްފަ. އަމާޒަކީ ޗާގޯސްގެ މައްޗަށް ރާއްޖެއަށް އޮތް ހައްގު ކަށަވަރު ކުރުން ކަމަށް ރައީސް ވިދާޅިވި.

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރުވެރިކަން ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ބިމުގެ ގޮތުންނާއި، ތާރީހީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް ލިބިގެންވާ ހައްގު މާ ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސްއަކީ ޒަމާނުއްސުރެ ރާއްޖެއާ ގުޅުން އޮތް ތަނެއް ކަމަށެވެ.

"... ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި. އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި. އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،" ރައީސް ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން މިހާރު ވެސް ރަސްމީ ސިޓީތަކުގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް ރާއްޖޭގެ ކަންބޮޑުވުންތަކާއި ދައުވާތައް ހުށަހަޅާފައިވާ ކަމަށެވެ. މި މަޝްވަރާތަކުގެ ތަފްސީލު ހާމަނުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ އަމާޒަކީ ޗާގޯސްގެ މައްޗަށް ރާއްޖެއަށް އޮތް ހައްގު ކަށަވަރު ކުރުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަށް ޗާގޯސް ލިބެންޖެހޭނެ ކަމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެ މަޝްވަރާގެ ތަފްސީލެއް އަދި ހާމަކުރެވޭކަށް ނެތް. އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް އަޅުގަނޑުމެން ދެކޭ ކަމަށް ބުނަމުން މި އަންނަ ވާހަކަ ތަކުރާރުކުރެވިދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، މިއީ ހަމައެކަނި ސިޔާސީ އުކުޅެއް ނޫން ކަމަށާއި، މިއީ ތާރީހީ އިންސާފު ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ. ރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައާއި ހޮސްޕިޓާލިޓީ ދާއިރާ ބިނާކުރުމުގައި އިނގިރޭސިވިލާތުގެ ދައުރު ބޮޑުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާ ހިމެނޭ މި ސަރަހައްދުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ވަނީ 2025 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ނިންމާފަ އެވެ. ނަމަވެސް، ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ޗާގޯސްއާ އެންމެ ކައިރީގައި އޮތީ ރާއްޖެއެވެ. މޮރިޝަސްގެ ވެރިރަށަށް ވުރެ ބޮޑަށް ޗާގޯސްއާ ގާތީ ރާއްޖޭގެ ދެކުނުގެ ރަށްތަކެވެ.

ޗާގޯސްގެ މައްސަލައިގައި މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޓްރަމްޕް ސިފަކުރާ ގޮތުގައި މިއީ އިނގިރޭސީން ނިންމި "ގަމާރު" ނިންމުމެކެވެ.

ޗާގޯސްއަކީ ތާރީހީ ގޮތުން ދިވެހިންނާ ގާތް ގުޅުމެއް އޮތް ތަނެއްކަން ސާބިތުވާ ގިނަ ހެކިތަކެއް އެބަހުއްޓެވެ. އެގޮތުން އެ ރަށްތަކުން ދިވެހި ބަހުން ލިޔެފައިވާ 900 އަހަރުވީ މަހާނަގާތައް ފެނިފައިވާއިރު، މިއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ މާ ކުރި އެވެ. މޮރިޝަސްގައި މީހުން އާބާދުވާން ފެށީ 17 ވަނަ ގަރުނުގައި ވިލާތުގެ ބާރުތަކުން އެތަން އިސްތިއުމާރު ކުރުމުންނެވެ. ނަމަވެސް ރާއްޖޭގައި މީހުން އުޅޭތާ 2,500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރާއްޖެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 310 މޭލެވެ. މޮރިޝަސްއާ ޗާގޯސްއާ ދެމެދު 1,300 މޭލުގެ ދުރުމިނެއް ހުރެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކުރީގެ ރަސްކަލުން އެ ސަރަހައްދުގެ މިލްކުވެރިކަމަށް ވަކާލާތު ކުރައްވާފައިވާކަމާއި، ދިވެހި މަސްވެރިން އެތަނަށް ގޮސް އުޅުނުކަމުގެ ލިޔެކިޔުންތައް ވެސް ފެންނަން އެބަހުއްޓެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އައިސީޖޭއިން 2019 ގައި ނެރުނު އިސްތިޝާރީ ލަފައެއްގައި ބުނެފައިވަނީ އެތަނުގެ މައްޗަށް އިނގިރޭސީން ބާރު ހިންގުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. ފުރަތަމަ މިކަމާ ދެކޮޅު ހެދި ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ޕްރެޝަރާ ހެދި އިނގިރޭސިވިލާތުން ފަހުން ވަނީ އެ ނިންމުމަށް ތަބާވެފައެވެ. މީގެ ބޭނުން ހިފައިގެން މޮރިޝަސްއިން ވަނީ ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްއަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ރާއްޖޭން ބުނަމުން ދިޔައީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ނުވާތީ އެފަދަ ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އިޓްލޮސްއިން ނިންމީ އައިސީޖޭގެ ލަފަޔަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ފުށުއަރާ 95,000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ބަހާލުމުގައި ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ލިބޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުއިނގިރޭސީވިލާތްމޮރިޝަސްފޯޅަވަހި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

9 ގަޑިއިރު ކުރިން - 07:34

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

6 ދުވަސް ކުރިން - 13:35

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

9 ދުވަސް ކުރިން - 06:44

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

10 ދުވަސް ކުރިން - 02:12

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

11 ދުވަސް ކުރިން - 05:45