Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 16 ޖުލައި 2026 19:57
އާޖެންޓީނާގެ ސަޕޯޓަރުން އިންގްލެންޑްގެ ދިދަ އަށް ފުރައްސާރަ ކުރަނީ.
އާޖެންޓީނާގެ ސަޕޯޓަރުން އިންގްލެންޑްގެ ދިދަ އަށް ފުރައްސާރަ ކުރަނީ.
ޚުލާސާ

ފީފާގެ ގަވާއިދުތަކާ ޚިލާފަށް ދަނޑުމަތީގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމާއި، ސަޕޯޓަރުންގެ އަޚުލާގީ މައްސަލަތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރު ވެސް އެބައޮތް.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، އާޖެންޓީނާގެ ސަޕޯޓަރުން އިނގިރޭސިވިލާތުގެ ގައުމީ ދިދައަށް ކުޅުޖަހައި، ފައިން އަރައި އަދި ދިދަ އަންދައި އިހާނެތިކޮށް ހިތާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދުނިޔޭގެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެއްޖެއެވެ.

ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ އެމެރިކާގެ ނިއުޔޯކްގެ ޓައިމްސް ސްކްވެއަރގެ އިތުރުން އާޖެންޓީނާގެ ބައެއް ސިޓީތަކުގައެވެ. މި މެޗުން އާޖެންޓީނާ 2-1 އިން މޮޅުވުމާ އެކު، ނިއުޔޯކްގައި އުފާފާޅުކުރަމުންދިޔަ އާޖެންޓީނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އިނގިރޭސި ދިދައެއް ބިމަށް އެއްލާލައި، އޭގެއަށް ކުޅުޖަހައި އަދި ބޫޓުން ފައިން އަރައި ފުރައްސާރަ ކޮށްފައެވެ. މީގެ އިތުރުން މެޗުގެ ކުރިން އާޖެންޓީނާގެ އެސްކޯބާރ ސިޓީގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުން ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދިދައެއްގައި ރޯކޮށް އަންދާލާފައެވެ.

މީގެ ފަހަތުގައި 1982 ވަނަ އަހަރު ފޯކްލޭންޑް ޖަޒީރާގެ މިލްކުވެރިކަމާ މެދު އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު ހިނގި ހަނގުރާމައިގެ ސިޔާސީ ނުތަނަވަސްކަން ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ.

Advertisement

Advertisement 1

މި މެޗު ފެށުމުގެ ކުރިން ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނު ވަގުތުވެސް ސަޕޯޓަރުންގެ ފަރާތުން ބޮޑެތި ހުރަސްތަކަކާއި އަޑުގަދަކުރުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ދިދައަށް އިހާނެތިކޮށް ހިތުމުގެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އާޖެންޓީނާގެ ސަޕޯޓަރުންނަށް އަމާޒުވަމުންދާއިރު، މެޗުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިން ފޯކްލޭންޑާ ބެހޭ ސިޔާސީ ބެނާއެއް ދެއްކި މައްސަލަވެސް މިހާރު ވަނީ ވަރަށް ހޫނުވެފައެވެ.

ފީފާގެ ގަވާއިދުތަކާ ޚިލާފަށް ދަނޑުމަތީގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމާއި، ސަޕޯޓަރުންގެ އަޚުލާގީ މައްސަލަތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

އާޖެންޓީނާއިނގިރޭސީވިލާތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

9 ދުވަސް ކުރިން - 22:08

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

42 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

42 ދުވަސް ކުރިން - 13:12

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

46 ދުވަސް ކުރިން - 02:25

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

51 ދުވަސް ކުރިން - 17:14

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

53 ދުވަސް ކުރިން - 20:16