Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފޯކްލޭންޑް ކައިރިން ތެޔޮ ނަގަން އުޅޭތީ އާޖެންޓީނާއިން އިނގިރޭސިވިލާތަށް އިންޒާރު ދީފި!

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2026 12:40
އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއި. އޭނާ ވިދާޅުވީ ޣައިރުޤާނޫނީ ގޮތެއްގައި ހަކަތަ ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް.
އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއި. އޭނާ ވިދާޅުވީ ޣައިރުޤާނޫނީ ގޮތެއްގައި ހަކަތަ ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް.
ޚުލާސާ

ފޯކްލެންޑްސްގެ އައްސޭރިފަށުގެ ސަރަޙައްދެއް ކަމަށްވާ "ސީ ލަޔަން" އިން ތެޔޮ ނެގުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް އިނގިރޭސި ކުންފުނިތަކަކުން ދަނީ ތައްޔަރުވަމުން. މި ސަރަޙައްދުން ގާތްގަނޑަކަށް 500 މިލިއަނަށް ވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ނެގޭނެ ކަމަށް ލަފާކުރެވޭ.

ފޯކްލެންޑް އައިލެންޑްސް ކައިރިން ތެޔޮ ހޯދައި ނެގުމަށް އިނގިރޭސިވިލާތުން ކުރިއަށްގެންދާ މަޝްރޫޢަކާ ގުޅިގެން، އިނގިރޭސިވިލާތާއި މި މަސައްކަތުގައި ބައިވެރިވާ ކުންފުނިތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އާޖެންޓީނާއިން އިންޒާރު ދީފިއެވެ.

މި މައްސަލަ އުފެދިފައިވަނީ ފޯކްލެންޑްސްގެ އައްސޭރިފަށުގެ ސަރަޙައްދެއް ކަމަށްވާ "ސީ ލަޔަން" އިން ތެޔޮ ނެގުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް އިނގިރޭސި ކުންފުނިތަކަކުން ތައްޔާރުވަމުންދާތީއެވެ. މި ސަރަޙައްދުން ގާތްގަނޑަކަށް 500 މިލިއަނަށް ވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ނެގޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އާޖެންޓީނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއްގައި ހުއްދައަކާ ނުލައި ޤަވާޢިދާ ޚިލާފަށް ހިންގާ ޙަރަކާތެއް ކަމަށެވެ. އަދި އާޖެންޓީނާގެ ޤައުމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތަކާ ޚިލާފަށް ކުރިއަށްގެންދާ މި މަސައްކަތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކާ ދެކޮޅަށް ޤާނޫނީ އަދި އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މިއީ އެ ސަރަޙައްދުގެ ޤުދުރަތީ ވަސީލަތްތައް ޚަރާބުކުރުން ކަމަށްވެސް އާޖެންޓީނާއިން ސިފަކޮށްފައިވެއެވެ.

Advertisement

Advertisement 1

ފޯކްލެންޑް އައިލެންޑްސްގެ މިލްކުވެރިކަމާ މެދު އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު ޒަމާންވީ ބޮޑު ޚިޔާލުތަފާތުވުމެއް އޮވެއެވެ. މި މައްސަލައިގައި 1982 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ވެސް ވަނީ ހިނގާފައެވެ. އެ ހަނގުރާމައަށް ފަހު ވެސް، އާޖެންޓީނާއިން އެ ރަށްތަކަކީ "މަލްވިނާސް" ގެ ނަމުގައި އެ ޤައުމުގެ ބައެއް ކަމަށް ދަޢުވާ ކުރަމުން އަންނައިރު، އިނގިރޭސިވިލާތުން ބުނަމުންދަނީ އެ ރަށްތަކުގެ މިނިވަންކަމާއި މުސްތަޤްބަލު ނިންމާނީ އެ ރަށުގެ ރައްޔިތުން ކަމަށެވެ.

މި އިންޒާރާ ގުޅިގެން އިނގިރޭސިވިލާތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ފޯކްލެންޑްސް ސަރުކާރުން ބުނެފައިވަނީ އެ ސަރަޙައްދުގެ އިޤްތިޞާދީ ވަސީލަތްތައް ތަރައްޤީކުރުމުގެ ފުރިހަމަ ޙައްޤު އެ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.

އާޖެންޓީނާދުނިޔެބޭރު ދުނިޔެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މިމަހު 29 ގެ އިންތިޚާބަށް ސްޕެއިނުގައި ކެމްޕޭން ފަށައިފި

މިމަހު 29 ގެ އިންތިޚާބަށް ސްޕެއިނުގައި ކެމްޕޭން ފަށައިފި

43 މިނެޓު ކުރިން - 07:15

ގަދަ ފިނީގެ ސަބަބުން ޣައްޒާގައި 9 މަހުގެ ތުއްތުކުއްޖަކު ނިޔާވެއްޖެ

ގަދަ ފިނީގެ ސަބަބުން ޣައްޒާގައި 9 މަހުގެ ތުއްތުކުއްޖަކު ނިޔާވެއްޖެ

1 ގަޑިއިރު ކުރިން - 06:00

ސުލްހައިގެ މަޝްވަރާތަކުގައި ޔޫރަޕް ބައިވެރިވާނެ ކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެ

ސުލްހައިގެ މަޝްވަރާތަކުގައި ޔޫރަޕް ބައިވެރިވާނެ ކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެ

2 ގަޑިއިރު ކުރިން - 05:15

ދެކުނު ލުބުނާނަށް އިޒްރޭލުން ވައިގެ އަދި ބޮމުގެ ހަމަލާތަކެއް ދީފި

ދެކުނު ލުބުނާނަށް އިޒްރޭލުން ވައިގެ އަދި ބޮމުގެ ހަމަލާތަކެއް ދީފި

2 ގަޑިއިރު ކުރިން - 05:04

ޓްރަމްޕާއި ނަތަންޔާހޫ އަވަހާރަކޮށްލަން ރާވަނީ!

ޓްރަމްޕާއި ނަތަންޔާހޫ އަވަހާރަކޮށްލަން ރާވަނީ!

14 ގަޑިއިރު ކުރިން - 17:32

އެމެރިކާގެ އޮފިޝަލުންނަށް ހަމަލާދިނުމަށް އީރާނުން އަމަލީ މަރުހަލާއަކަށް ގޮސްފި: އެމެރިކާގެ އިންޓެލިޖެންސް

އެމެރިކާގެ އޮފިޝަލުންނަށް ހަމަލާދިނުމަށް އީރާނުން އަމަލީ މަރުހަލާއަކަށް ގޮސްފި: އެމެރިކާގެ އިންޓެލިޖެންސް

14 ގަޑިއިރު ކުރިން - 17:24