Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

މުހައްމަދު ޖަމްޝަތު
207 ދުވަސް ކުރިން - 15 ނޮވެންބަރު 2025 12:22
އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެން ގެންދަނީ---ފޮޓޯ:އިމިގްރޭޝަން
އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެން ގެންދަނީ---ފޮޓޯ:އިމިގްރޭޝަން
ޚުލާސާ

މިހާތަނަށް 191،723 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކޮށްފައިވާކަމަށް ރައީސް ވިދާޅުވި

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތަފާސްހިސާބުތަށް ބެލެހެއްޓުމަށް ސަރުކާރުން ފެށި "ކުރަނގި" އޮޕަރޭޝަނުގެ ތެރެއިން ބަޔޯމެޓްރިކްސް މައުލޫމާތު ނުދޭ ހުރިހާ ބިދޭސީން މިއަދުން ފެށިގެން ޑީޕޯޓްކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ގެ ނަމުގައި ޕީއެންސީން ރޭ ބޭއްވި ރެކޯޑް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކުރީ ސަރުކާރުތަކުގައިވެސް އޮތް މައްސަލައެއް ކަމަށާއި ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލައެއް ކަމަށެވެ. އަދި މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއިރު ބިދޭސީންގެ ތަފާސްހިސާބެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން ފެށި މަސައްކަތުން މިހާތަނަށް 191،723 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކޮށްފައިވާކަމަށާއި އެ މައުލޫމާތު އިމިގްރޭޝަނަށް ދިނުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާއިރު މިއަދުން ފެށިގެން ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއެއް ފެނިއްޖެނަމަ ވަގުތުން ޑީޕޯޓުކޮށްލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބައިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް. މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓާ ނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްވާގޮތައް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު މީހުންނާއި އެކި ކުއްކުރި މީހުންނާއި ރެގިއުލަރައިޒްކުރަން ބޭނުންނުވާ މީހުންނާއި ހުރިހައި އެންމެން އެއްކޮށްގެން 9021 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ. މިއީ އޭގެ ކުރީ ސަރުކާރަށްވުރެ %143 އިތުރު އަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުބިދޭސީންއިމިގްރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

1 ދުވަސް ކުރިން - 18:19

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

11 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

28 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

30 ދުވަސް ކުރިން - 12:43

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

32 ދުވަސް ކުރިން - 17:21

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ، ދެން އޮތީ ފޮނުވާލުން: ރައީސް

"ބިދޭސީންގެ %98 މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ"

32 ދުވަސް ކުރިން - 16:29