Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިނިވަންކަން ދެމިއޮންނާނީ ގައުމީ ވިސްނުން އިސްކޮށްގެން: ރައީސް

މިނިވަންކަން ދެމިއޮންނާނީ ގައުމީ ވިސްނުން އިސްކޮށްގެން: ރައީސް

މުހައްމަދު ޖަމްޝަތު
219 ދުވަސް ކުރިން - 3 ނޮވެންބަރު 2025 12:21
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްްކަވަނީ---ފޮޓޯ:ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްްކަވަނީ---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ފަރުދަކުވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފަ

ގައުމީ ވިސްނުން އިސްނުކޮށްފިނަމަ ރާއްޖެއަށް ލިބިފައިމިވާ މިނިވަން ގެއްލިގެން ހިނގައިދިއުމަކީ ދާދި ފަސޭހަކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރާނަމަ ގައުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ގައުމުގެ މިނިވަންކަން އޮންނާނީ އަބަދުވެސް ހިމާޔަތްވެފައި ކަމަށެވެ. އަދި ކުރީގައި މިނިވަންކަން ގެއްލުވާލުމަށް ނުވަތަ ގައުމުތައް އަޅުވެތިކުރަން ހަތިޔާރު ހިފައިގެން ދިޔަޔަސް، މި ޒަމާނުގައި އެކަން އެގޮތަށް ނުކުރާ ކަމަށާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި ގާފިލުވެ ނޭނގުމެއްގެ ތެރޭގައި ތިއްބައި މިނިވަންކަން ގެއްލި ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް މިއަދާހަމައަށް ގެނައުމުގައި ޝަހީދުވި ހުރިހާ އަބުތާލުންގެ ޒިކުރާ ތާއަބަދަށް ދެމި އޮންނާނެ ކަމަށެވެ. އަދި ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެންތިބި، އެއްބައެއްވަންތަ ބައެއް ކަމަށާއި މި ހަގީގަތް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ ވާރުތަކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ގައުމަށްޓަކައި ގުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަހުރެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ. ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ގައުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ފަސޭހަކަމަކަށްވި ނަމަވެސް ކޮންމެ ރައްޔިތަކުވެސް ގައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ގައުމުދެކެ ލޯބިވެ، ގައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާ ހިނދަކު މި ގައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަކީ ހަމައެކަނި އިސްލާމްދީނަށް ތަބާވެގެން ތިބި ބައެއްކަން އަދި ދިވެހިންގެ އަތުގައި އޮތީ އެހެން އެއްވެސް ގައުމެއްގެ ނެތްފަދަ ހާއްސަ ސިފަތަކެއް ކަމަށެވެ.

އެއީ ދިވެހިންގެ ބަހާއި އެއް ނަސްލަކަށް ނިސްބަތްވުމާއި މިއީ އެއްބައިވަންތައް ބައެއްކަންވުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަންކަމަކީ ދާދި ފަސޭހައިން ގެއްލުވައިދެވިދާނެ ކަންތައްތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ބަޔަކު ކަނޑިއާއި ބަޑި ހިފައިގެން އައިސް ގެއްލުވައިލާނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސޯދު ނައްތާލައި ނުވަތަ ބޮޑު އަނދަވަޅަކަށް ވައްޓާލައި ހުރިހާ މާނައެއްގައި ލިބިފައިވާ މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިނިވަންކަން ގެއްލިގެން ދާނީ އެކަންކަމަށް ނުވިސްނައި ތިބެއްޖެނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަސްރުގެ ދުވަސްރައީސް ޑރ. މުޙައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގިނަ އަދަދެއްގެ ބައިވެރިންނާއެކު "ދިވެހީންގެރާއްޖެ ތަރާވީސް" ފަށައިފި

ޕީއެންސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަރާވީސް ފަށައިފި

104 ދުވަސް ކުރިން - 22:11

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް ވަޑައިގަތުމުން ބޮޑު ތަރުހީބެއް

ކެމްޕެއިނަށް ރައީސް މާފަންނު މެދަށް!

105 ދުވަސް ކުރިން - 17:03

ޗާގޮސް އަކީ ދިވެހިންގެ ރަށެއް. ހުރިހާ ގޮތަކުން ވެސް އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް މުއިއްޒު

"ހުރިހާ ގޮތަކުން ވެސް ޗާގޮސް ލިބެންޖެހޭނީ ރާއްޖެއަށް"

140 ދުވަސް ކުރިން - 11:05

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ އެއްވެސް ބިމެއް ވިއްކަވައިފައެއް ނުވޭ: އަރީޝް

"ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ނުވިއްކަވާ"

150 ދުވަސް ކުރިން - 19:34

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން ދިވެހި ފަސްގަނޑުގައި އަދިވެސް ދިރި އެބައޮތް: ރައީސް

ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަން އަދިވެސް ދިރި އެބައޮތް!

199 ދުވަސް ކުރިން - 10:39

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

207 ދުވަސް ކުރިން - 12:22