ކޮންޓެއިނަރެއްގެ ތެރެއިން ވިޔަފާރި މުދަލާއިއެކު ފޮރުވާފައިހުރި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މާލޭ ޕޯޓުގައި ހުރި ކޮންޓެއިނަރެއް ބަަލައިފާސްކޮށް ހޯދާފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 3 ކިލޯ 300 ގުރާމް ހުރިކަމަށެވެ.
ނަމަވެސް މިމައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ކަށަވަރުކުރި ގޮތުގައި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެތަކެތި ފެނިފައިވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށާއި އެ ކޮންޓެއިނަރުގެ ތެރެއިން ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.









