Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ

ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ

އާނާ ފަހީމް
666 ދުވަސް ކުރިން - 12 ނޮވެންބަރު 2024 17:33
އެމްއެމްއޭ ބިލްޑިންގ- ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ
އެމްއެމްއޭ ބިލްޑިންގ- ރަސްމީ ރިޒާވް އަންނަ އަހަރު 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ
ޚުލާސާ

މިއަހަރު ނިމޭއިރު ހުންނާނެކަމަށް ލަފާކުރާ 653.6 މިލިޔަން ޑޮލަރަށްވުރެ އިތުރަށް އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާކަން ބަޖެޓް ޕޮޒިޝަން ރިޕޯޓުން ހާމަވެއްޖެ.

އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ބަޖެޓާ ގުޅޭގޮތުން ނެރެފައިވާ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައެވެ.

މިއަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި ހުންނާނެ ކަމަށް ލަފާކުރަނީ 653.6 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު ނިމުނުއިރު ހުރި 590.5 މިލިޔަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް މިއީ ވޭތުވެދިޔަ ފަސްއަހަރުތެރޭގައި އަހަރު ނިމުނުއިރު ރަސްމީ ރިޒާވް އެންމެ ދަށްވި މިންވަރެވެ.

މިއަހަރަށް ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދިން ފަންނީ ލަފާގައި ބުނެފައިވަނީ، ބޭރުގެ ފަރާތްތަކުން މިއަހަރު ހޯދުމަށް ލަފާކުރި މާލީ އެހީ ހޯދުމަށް ސަރުކާރަށް ދަތިތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ހީނަރުވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

ރިޒާވް އިތުރުކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ބޭންކް އޮފް އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވި، ކުރު މުއްދަތުގައި މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި ބޭރުފައިސާގެ ޤަވާއިދަށް ބަދަލުތަކެއް ގެނެސް ރީއެލޮކޭޝަންއަށް އެޝަންއަށް އެމްއެމްއޭއަށް ބޭރުފައިސާ ވަންނަ ގޮތަށް ބަދަލުގެނެސްފައިވެއެވެ.

މިފަދަ ބަދަލުތަކާއެކު ކުރިއަށް އޮތް އަހަރަށް ދައުލަތުގެ ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ. މިގޮތުން އަންނަ އަހަރުގެ ނިޔަލަށް 705.1 މިލިޔަން ޑޮލަރު ރަސްމީ ރިޒާވުގައި ހުންނާނެކަމަށް ލަފާކޮށްފައިވެއެވެ.

އެމްއެމްއޭބަޖެޓް 2025
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

8 ދުވަސް ކުރިން - 19:00

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

12 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

15 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

16 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

17 ދުވަސް ކުރިން - 18:51