އައު ޖެނެރޭޓަރު ހިމަނައިގެން، މިހާރު މަޑުއްވަރީގައި ޖުމުލަ 4 ޖެންސެޓު ހުންނާނެ ކަމަށާއި، އެއީ 800 ކިލޯވަޓުގެ 3 ޖެންސެޓާއި 500 ކިލޯވަޓުގެ 1 ޖެންސެޓުކަމުގައި ފެނަކައިން ހާމަކުރޭ.
55 ދުވަސް ކުރިން - 16:10
4 ވަނަ ހާސިލްކޮށްފައިވަނީ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް. ހާއްސަ އިނާމެއްގެ ގޮތުގައި 7 ލައްކަ ރުފިޔާ ލިބިފައިވޭ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް. ހަފްލާ ނިންމާފައި ޝާޔާ އާއި، އޭނާގެ މައިންބަފައިންނާއި ސައޫދީ ޕްރިންސް ބައްދަލުކުރެއްވި.
55 ދުވަސް ކުރިން - 14:38
ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފި ކަމުގެ ކުށް ސާބިތު ވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވޭ.
55 ދުވަސް ކުރިން - 14:32
ޖިއޯ ހެލްތު ކެއަރ އިން ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑު މޮޑެލް ރާއްޖެއަށް އެސްޓީއޯއިން ތައާރަފް ކޮށްފި. ކޮންސަލްޓޭޝަން ރޫމް ބޭރުން، ބަލިމީހުންނާ ކައިރިން ހިދުމަތް ދެވޭނެ. ކުދި ކުދި ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމަށް ބޮޑު ފުރުސަތެއް.
55 ދުވަސް ކުރިން - 12:23
ވަކި ޖިންސަކަށް ވީތީވެ އަނިޔާ ކުރާ މައްސަލަތައް ވެސް ހުށަހެޅިފައިވާ އިރު، ކުޑަކުދިންނަށް ބޮޑެތި އިހުމާލު ވުމުގެ 22 މައްސަލަ އާއި، ޖިންސީ އަނިޔާ ތަކުގެ މައްސަލަ ތައް ވެސް ހުށަހަޅާފައިވޭ.
55 ދުވަސް ކުރިން - 11:43
އެމްޓީސީސީ އަށް އިތުރު މުވައްޒަފުން ނަގަމުން ދާނީ ހަމައެކަނި އެ ކުންފުންޏާ ހަވާލު ވެފައި ހުރި މަޝްރޫއުތަކަށް ބަލައިގެން. އަދި މުވައްޒަފުން އިތުރުކުރާނީ ބޭނުންޖެހޭ މިންވަރަށް ބަލައިގެން.
55 ދުވަސް ކުރިން - 11:11
އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށާ، އިންސާނިއްޔަތަށް ޓަކައި ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާ އެކު ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވި.
55 ދުވަސް ކުރިން - 10:11
އެމްއެމްއޭގެ ދެ ގަވާއިދަކަށް، އީމެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި. އެ ދެ ގަވާއިދަކީ، ފައިނޭންށިއަލް ކޮންސިއުމަރސް ޕްރޮޓެކްޝަން ރެގިއުލޭޝަން އަދި އިލެކްޓުރޯނިކް ކަސްޓަމް ޑިއުޑެލިގޭޝަން. ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 26 އާ ހަމައަށް.
55 ދުވަސް ކުރިން - 09:45
ރަޝިޔާ މާކެޓް ފުޅާ ކުރުމަށް ކުރީ ސަރުކަރުތަކުގައި އާދޭސް ދެންނެވި ކަމަށާއި އެކަމަކު މިސަރުކާރު ފިޔަވައި ހުރިހާ ސަރުކާރަކުންވެސް ފަހަތުފަޔަށް ބުރަވީ ކަމަށް ޝާޒް ވިދާޅުވި. މިސަރުކާރުން މިކަމަށް އިޖާބަ ދިނުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ޝާޒް ވިދާޅުވި.
56 ދުވަސް ކުރިން - 20:40
ކޮންފަރެންސްގައި ރަޖިސްޓަރ ކުރުމުހެ އެންމެ ފަހު ތާރީހަކީ މި މަހުގެ 29 ވަނަ ދުވަސް. ކޮންފަރެންސް ކުރިޔައް ދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 12 އިން 13 އަށް.
56 ދުވަސް ކުރިން - 17:53
ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ގައުމަކަށް ދިވެހި ރާއްޖެ ހަދަން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފި. ވާނުވާ ބަނދުގައި ތިބޭ މީހުންގެ އަދަދު އިތުރުވަމަކީ ވަރަށް ގިނަ ގައުމުތަކުގެ ކަންބޮޑުވުމެއް.
56 ދުވަސް ކުރިން - 15:17
މާލެއަތޮޅު ގުރައިދޫގައި ތަރައްޤީ ކޮށްފައިވާ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ހުންނަ އިމާރާތަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިމާރާތެއް.
56 ދުވަސް ކުރިން - 14:28