Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 20 އޯގަސްޓް 2026 10:11
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު.
ޚުލާސާ

އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށާ، އިންސާނިއްޔަތަށް ޓަކައި ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާ އެކު ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވި.

ޤައުމެއްގެ ސައިޒަކީ، އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވަމުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމާއި، ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، މުޅި އިންސާނިއްޔަތުގެ ލާބައާއި މަންފާއަށްޓަކައި، ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތް ކަމުގައި ހާމަކުރައްވާފައިވެއެވެ. އަދި ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަސްދުގައި އިންސާނީ އެހީއަށް ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ޖަރީމާތަކެއް ކަމަށެވެ. އެމަނިކުފާނު ވަނީ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވައި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ މިހިނދުން، މިހިނދަށް ދާއިމީގޮތެއްގައި ހުއްޓާލުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement 1

އެމަނިކުފާނުގެ މެސެޖުގައި، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް އެއްހަމައަކުން ތަންފީޒުކުރެވޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަކާ، ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަޤްވާމީ ނިޒާމެއްގެ މައްޗަށް ކަމަށްވާތީއާއި، ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށާއި، ޢާންމު ރައްޔިތުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި އިންސާނީ އެހީފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ޙުރުމަތް ހިފެހެއްޓުމަށާއި، އިންސާނިއްޔަތުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، ޢަދުލުވެރިކަމާއި، މިނިވަންކަމުގެ އަސާސްތައް ނެގެހެއްޓުމަށް ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ.

މި އުޞޫލުތަކުގެ އަގުވަޒަންކުރައްވަމުން، އިންސާނިއްޔަތުގެ ޚިދުމަތުގައި ނުރައްކަލަށް ހުށަހެޅި، އަދި ފުރާނައިން ޤުރުބާންވަމުންދާ ފަރާތްތަކުގެ ޒިކުރާ ރައީސުލްޖުމްހޫރިއްޔާ، ނުހަނު މަތިވެރި އިޙްތިރާމާއެކު އާކުރައްވާފައިވެއެވެ. އަދި އެފަރާތްތަކުގެ މި ޤުރުބާނީގެ ސަބަބުން، ހުރިހާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަމާއި އަމާންކަން، އެއްވެސް އުނިކަމެއްނެތި ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ލާޒިމުކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަސް، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކާރިސާތަކާއި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ޚިދުމަތްކުރުމުގެ ތެރޭގައި ޝަހީދުވާ އަދި ޒަޚަމްވާ އެހީތެރިންގެ ޒިކުރާ އާކުރުމަށާއި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިމާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

1 ދުވަސް ކުރިން - 15:17

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފި

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން - 14:28

" ޖެނެރޭޝަނަލް ޓޮބަކޯ ބޭން" ހަރުދަނާ ކޮށް ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

ރައީސްގެ ޖެނެރޭޝަން ބޭން ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

1 ދުވަސް ކުރިން - 12:09

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސް ވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

1 ދުވަސް ކުރިން - 09:29

ޖަލުން ފެންނަ ސިމްކާޑުތަކުގެ ވެރިފަރާތަށް ޤާނޫނީ ހަރުކަށި އަދަބު ދޭތޯ ކަށަވަރު ކުރަނީ

ޖަލުން ފެންނަ ސިމްކާޑުތަކުގެ ވެރިފަރާތަށް ޤާނޫނީ ހަރުކަށި އަދަބު ދޭތޯ ކަށަވަރުކުރަނީ

1 ދުވަސް ކުރިން - 09:09

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން މަޖިލީހަށް ހުށައަޅައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން ހުށައަޅައިފި

4 ދުވަސް ކުރިން - 13:36