މޯލްޑިވްސް މޮނެޓާރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދެ ގަވާއިދަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު، އެ އިދާރާއިން އާއްމުންނަށް ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ފުރުސަތު ހުޅުވާލާފަވާ ދެ ގަވާއިދަކީ ފައިނޭންޝިއަލް ކޮންސިއުމަރސް ޕްރޮޓެކްޝަން ރެގިއުލޭޝަން އަދި އިލެކްޓުރޯނިކް ކަސްޓަމް ޑިއުޑެލިގޭޝަންއެވެ.
ފައިނޭންށިއަލް ކޮންސިއުމަރސް ޕްރޮޓެކްޝަން ރެގިއުލޭޝަން އަކީ މަލީ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
އިލެކްޓުރޯނިކް ކަސްޓަމް ޑިއުޑެލިގޭޝަންއަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކަސްޓަމަރުންގެ ވާނުވާ ދެނެގަނެ، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މިންގަނޑުތަކާއި ޝަރުތުތައް ބަޔާންކުރުމަށް އެކުލަވާލާފައިބާ ގާނޫނެކެވެ.
މި ދެ ގަވާއިދަށް ހިޔާލު ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނި މިމަހުގެ 26 ވާ ބުދަ ދުވަހުގެ 15:00 އާއި ހަމައަށްށެވެ. ހިޔާލު ހުށަހެޅުމަށް fcu@mma.gov.mv އަށް އީމެއިލް ކޮށްލެއްވުމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.









