މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަނީ ރަސްމީ އިދާރާތަކުގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއަކުން. މިހާރު ފޯމު ޗެކްކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ހުރިހާ މުޢާމަލާތެއް ހިނގާނީ ޕޯޓަލް މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް. އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަކީ މި ސިޔާސަތުގެ މައިގަނޑު މަގްސަދު.
52 ދުވަސް ކުރިން - 12:03
މި ހާދިސާގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް އަނިޔާވެ، ރެސްޓޯރެންޓުގެ ދޮރަށް ގެއްލުންދީފައިވޭ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން. ހައްޔަރުކުރީ 19 އަހަރުގެ ޒުވާނެއް.
52 ދުވަސް ކުރިން - 11:07
މި އިސްލާހަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގޭ ތަރައްގީގެ ބިޔަ މަޝްރޫއުތައް މަރުހަލާތަކެއްގެ ތެރެއިން ލަސްވިޔަނުދީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ލާބަޔާއި މަންފާ ލިބޭނެހެން ބިންތައް މެނޭޖުކުރުމަށް ސަރުކާރުން އިސްނަގައިގެން ހުށަހެޅި ބިލެއް.
52 ދުވަސް ކުރިން - 10:08
މި ކުލާހުގައި ލިޓްލް މެއިޑްގެ 26 ދަރިވަރުން ބައިވެރިވެފައިވޭ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މާލެއާއި އަތޮޅުތަކުގެ ތަފާތު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދަމުން.
53 ދުވަސް ކުރިން - 15:51
މައުލޫމާތުގައި ފުށުއެރުމެއްވާނަމަ ޕޯޓަލުން އަންގައި، އިސްލާހުކުރަން ލިޔުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ. އަދި ބަދަލުތައް އެސް.އެމް.އެސް އިން ވެސް އަންގާނެ. މުއްދަތުގައި ޖަވާބު ނުދީފިނަމަ އެޕްލިކޭޝަން ބާތިލުވާނެ.
53 ދުވަސް ކުރިން - 13:47
މުޅި މަޝްރޫޢުގެ %76.1 މަސައްކަތް މިހާރު ނިމިފައިވާއިރު، ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިންމައި ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް މިހާރު އަމާޒު ހިފާފައިވަނީ 21 ޑިސެމްބަރު 2027 އަށް.
53 ދުވަސް ކުރިން - 10:52
މި ބަދަލު އައީ ޒުވާނުން އިސްނަގައިގެން އޮންލައިންކޮށް ހިންގި ވަރުގަދަ ސިޔާސީ އިހުތިޖާޖުތަކަށްފަހު. މީގެއިތުރުން ވަޒީރުންގެ ސޯޝަލް މީޑިއާ ހަރަކާތްތައް ވަޒަންކުރާ ރިޕޯޓް ކާޑެއް ތައްޔާރުކޮށް، "ވަން-ޑޭ، ވަން-ޔުނިވާސިޓީ" ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާ ސީދާ ބައްދަލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުން.
53 ދުވަސް ކުރިން - 10:25
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށް. މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް.
54 ދުވަސް ކުރިން - 16:40
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް. ކާރު ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލުމާއި ގުޅިގެން، އޭގައި ތިބި މީހުންނަށް ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ.
54 ދުވަސް ކުރިން - 12:10
އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތޫ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 7 ދުވަސް ވަނީ ޖަހާފަ
54 ދުވަސް ކުރިން - 11:45
މީގެ ތެރޭގައި 13,542 ޓަނުގެ އިމްޕޯޓް އަދި 4,915 ޓަނުގެ އެކްސްޕޯޓް ހިމެނޭ. ޓްރާންސްޝިޕްމަންޓް ކާގޯ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައިވާއިރު، މުދާ އުފުލާ ފްލައިޓްތަކުގެ ދަތުރުތައް 12 އިންސައްތަ ވަނީ އިތުރުވެފަ.
54 ދުވަސް ކުރިން - 08:26
ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އިސްލާމް މުދައްރިސަށް ހުކުމް ކުރީ ހައިކޯޓުން. މި މައްސަލަ ފުރަތަމަ ބެލި ދަށުކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވޭ. ހައިކޯޓުގެ ހުކުމުގައި އޭނަ ޖިންސީ އެދުމެއް އޮވެގެން ދަރިވަރުންގެ ގައިގައި އަތްލި ކަމަށް ވަނީ ކުށް ސާބިތުވެފަ.
55 ދުވަސް ކުރިން - 17:52