ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މީގެ ތެރޭގައި މަޝްހޫރު ރިސޯޓުތަކާއި ކުންފުނިތަކާއި ސިޔާސީ މީހުން ޝާމިލުވާ ކަމަށް. މިއީ މަނީ ލޯންޑަރިންގެ ޖިނާއީ ކުށެއް ކަމަށާއި، މިފަދަ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވި.
51 ދުވަސް ކުރިން - 13:11
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 41 މީހަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ. މި ހާދިސާގައި އަނިޔާވި 4 ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގަ. ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަމާއި ޒަރޫރީ އެހީ ދިނުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން ދަނީ ކުރަމުން.
51 ދުވަސް ކުރިން - 09:27
ބައިނަލްއަގްވާމީ ޔޮޓްތަކުގެ މެދުގައި މަޤްބޫލު އުލިގަމުގައި ހިންގާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް ބަނދަރުކުރެވޭނެ ވަސީލަތްތަކާއި، ކަސްޓަމްސް އަދި އިމިގްރޭޝަން ހިދުމަތް ގާއިމުކުރެވޭނެ. ސާސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް، އުތުރުގެ އިގްތިސާދު ފުޅާވެގެންދާނެ މަޝްރޫއެއް.
51 ދުވަސް ކުރިން - 08:34
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި އދ. ގެ އދ. ގެ އަންޑަރސެކްރެޓަރީ-ޖެނެރަލް، އަދި ހާއްސަ މަންދޫބު ރަބާބް ފާތިމާ ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން ކުދި ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްކޮށް، އޭގެ ހަގީގީ ނަތީޖާ އަމަލީގޮތުން ފެންނަމުންދާ ކަމަށް.
51 ދުވަސް ކުރިން - 08:21
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި އިންޖީނު ކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި ޒުވާނުންނާއި އަންހެނުންގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުން މުހިންމު ކަމަށް.
52 ދުވަސް ކުރިން - 19:30
އާޒިމާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބުގެ އިތުރުން، ގާނޫނީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި އިޖުތިމާއީ އެކި ދާއިރާތަކުން ހައްގުތައް ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް.
52 ދުވަސް ކުރިން - 18:36
82.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ބަނދަރު ފުންކުރުމާއި، އެއްގަމުތޮއްޓާއި ބޭރުތޮށި ލުމާއި، ޕޭވްމަންޓް އަދި ބްރިޖް އެޅުން ހިމެނޭއިރު، މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން. މި މަޝްރޫއު ނިމުމުން ރަށުގެ އިގްތިސާދަށާއި ކަނޑުދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ.
52 ދުވަސް ކުރިން - 18:22
މޭ މަހު އެކަނިވެސް ވައްކަމުގެ 339 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ. ފުލުހުންގެ އިދާރާއިން އަންނަނީ ކުށްމަދުކުރުމަށާއި، އާންމުންގެ މުދަލާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، މާލެއާއި އަތޮޅުތެރޭގައި ތަފާތު އޮޕަރޭޝަންތައް ހިންގަމުން.
52 ދުވަސް ކުރިން - 18:14
މިދިޔަ ޑިސެމްބަރުގައި ފަތުރުވެރިކަމަށް ގެނައި ބަދަލުތަކުން އިޤްތިޞާދަށް ފައިދާވެ، ކުދި ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް ފުރުޞަތުތައް ހުޅުވި، ޑޮލަރު ބޭރުވުން މަދުވެ، ހަލާލް ޓޫރިޒަމާއި ޓުއާ އޮޕަރޭޓަރުންގެ ލައިސަންސް ފަދަ އައު އުޞޫލުތަކުން ސިނާއަތް ފުޅާވެގެންދާނެ ކަމަށް ބައްސާމް ވިދާޅުވި.
52 ދުވަސް ކުރިން - 17:46
ފަހުމީ ވިދާޅުވީ، 2023 ގެ ފަހުން އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި ބޯޑުން ވެސް އެފަދަ ހުއްދައެއް ދީފައި ނުވާ ކަމަށް. އަދި ބޯޑު މެންބަރަކު ވަކިވީ ވެސް މިކަމާ ގުޅިގެން ނޫން ކަމަށް އޭނާ ވިދާޅުވި.
52 ދުވަސް ކުރިން - 16:20
މިއަހަރުގެ އޭޕްރީލްގައި ދޫކުރި މި ލައިސަންސް މުއްދަތު ހަމަވުމުގެ ކުރިން ބާތިލުކުރީ ގަވާއިދާ ހިލާފުވުމުން. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ގަވާއިދާ އެއްގޮތަށް ކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ. ފިޔަވަޅު މި އެޅީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގަ.
52 ދުވަސް ކުރިން - 12:43
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރާނީވިލާ / ޅ. ނައިފަރު، މުޙައްމަދު މުބާރިކް (32އ) އާއި ސައިލުގެ / ޅ. ނައިފަރު, ޙަސަން ޤާސިމް (23އ). ކޯޓުން ވަނީ މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ.
52 ދުވަސް ކުރިން - 12:06