Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 23 އޯގަސްޓް 2026 18:22
ކ. މާފުށީގެ ބަނދަރު ތަރައްގީކުރަމުންދަނީ. / ފޮޓޯ: އެމްޓީސީސީ
ކ. މާފުށީގެ ބަނދަރު ތަރައްގީކުރަމުންދަނީ. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

82.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ބަނދަރު ފުންކުރުމާއި، އެއްގަމުތޮއްޓާއި ބޭރުތޮށި ލުމާއި، ޕޭވްމަންޓް އަދި ބްރިޖް އެޅުން ހިމެނޭއިރު، މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން. މި މަޝްރޫއު ނިމުމުން ރަށުގެ އިގްތިސާދަށާއި ކަނޑުދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ.

ކ. މާފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބިޔަ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ސައިޓުގައި ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި މަޝްރޫއަކީ 82.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 23 ޖެނުއަރީ 2023 ގައެވެ. އަދި އީ.އައި.އޭ އެޕްރޫވަލް 21 މެއި 2023 ގައި ލިބުމާ ގުޅިގެން، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ސައިޓް މޮބިލައިޒްކޮށްފައިވަނީ 9 އެޕްރީލް 2023 ގައެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، ކުރީގެ ބަނދަރު މަރާމާތުކޮށް ފުންކުރުމުގެ އިތުރުން ޕޭވްމަންޓް ހެދުމާއި، ބޭރުތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، ސްކޯރ އެޕްރަން އެޅުމާއި، މޫރިންގ ބޮއި ހަރުކުރުމާއި، ރޭމްޕާއި ސިޑި އެޅުމުގެ އިތުރުން ގުޅުވައިދޭ ބްރިޖަކާއި ކޮންކްރީޓް ޖެޓީއެއް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

Advertisement

Advertisement 1

މިހާތަނަށް ކުރެވިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  1. ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 448 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުން.
  2. ޖިއޯބޭގް ބޭނުންކޮށްގެން 700 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން.
  3. 655 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް އެއްގަމުތޮށި ލުން.
  4. 96,961 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން.
  5. 1,765 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުން.
  6. 19 މީޓަރުގެ ބްރިޖެއް އެޅުން.

ހަލުވިކަމާއެކު ކުރިއަށްދާ މި މަޝްރޫއު ނިމުމުން، މާފުށީގެ ބަނދަރުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ފުރިހަމަވެ، ކަނޑުދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވޭ މާފުށީގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ކ. މާފުށިބަމދަރު ތަރައްގީކުރުންއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

3 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

5 ދުވަސް ކުރިން - 10:53

ޓެކްސީ ލައިން އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ޓެކްސީ ލައިން އެޕް ހެކުކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިން: އެމްޓީސީސީ

6 ދުވަސް ކުރިން - 17:09

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

7 ދުވަސް ކުރިން - 19:59

ފަރެސްމާތޮޑާ އެއާޕޯޓް މަގު ހެދުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

ފަރެސްމާތޮޑާ އެއާޕޯޓް މަގު ހެދުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

7 ދުވަސް ކުރިން - 19:33

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

7 ދުވަސް ކުރިން - 18:49