Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: ރައީސް

ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 23 އޯގަސްޓް 2026 19:30
ޖީ.ބީ.އެން އަދި އައި.އައި.އެފް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޖީ.ބީ.އެން އަދި އައި.އައި.އެފް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި އިންޖީނު ކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި ޒުވާނުންނާއި އަންހެނުންގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުން މުހިންމު ކަމަށް.

ކުދި ޖަޒީރާ ގައުމުތަކަކީ ހަމައެކަނި މޫސުމީ ނާޒުކުކަން އޮތް ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އާ އީޖާދުތަކާއި ވިޔަފާރީގެ މައި މަރުކަޒުތަކެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި މަހުގެ 23 އިން 25 އަށް ދިވެހިރާއްޖޭގައި ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީ.ބީ.އެން) ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް (އައި.އައި.އެފް)" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނާޒުކު ހާލަތަކީ ޖަޒީރާ ގައުމުތަކުގެ ހަގީގަތުގެ އެއްބައި ކަމަށާއި، އަނެއް ބަޔަކީ އެ ގައުމުތަކުގެ ސާބިތުކަމާއި އަޒުމު ކަމަށެވެ. އަދި ޖަޒީރާ ގައުމުތަކުން ދަނީ ހުރި ހުރަސްތައް އާ އީޖާދުތަކަށް ބަދަލުކޮށް، ދުރުމިންތައް ގުޅުވައިދީ، ކުރިމަތިވާ ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލުކުރަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވީ، މި ސާބިތުކަން އެންމެ ބޮޑަށް ފެންނަނީ އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ މިފަދަ ޤައުމުތަކުގެ އިގްތިސާދުގެ މައި އިންޖީނު ކަމަށާއި، ސަރުކާރުތަކަށް އެކަނި ހައްލުނުކުރެވޭ ކަންކަމުގައި މި ވިޔަފާރިތަކުން އަމަލީ ހައްލުތައް ހޯދައިދޭ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުތަކުގެ ކުޑަކަމަކީ އާ ހިޔާލުތަކާއި ޓެކްނޮލޮޖީ އަދި ހައްލުތައް ތަރައްގީކުރާ އީޖާދީ "ލެބޯޓްރީ" ތަކަކަށް ވުމަށް ލިބޭ ފައިދާއެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޑިޖިޓަލް ގުޅުމަކީ ހަމައެކަނި މުއާސަލާތީ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރިއާއި، މާލީ ހިދުމަތްތަކާއި، ފަތުރުވެރިކަން އަދި އުފެއްދުންތެރި ސިނާއަތްތައް ކުރިއެރުވުމަށް ބޭނުންވާ އިގްތިސާދީ އުމްރާނީ ވަސީލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން ޖިއޮގްރަފީ ގޮތުންނާއި ސައިޒުގެ ގޮތުން ހުރި ހުރަސްތައް ގިރާކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީއަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ޒުވާން ވިޔަފާރިވެރިންނަށާއި އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ މާލީ އެހީތެރިކަން ދިނުމާއި، ވަކިން ހާއްސަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޒަމާނީ ބޭރުގެ އިންވެސްޓްމަންޓް ޤާނޫނާއި، 2027 ވަނަ އަހަރަށް އަމާޒުކޮށް ޤާއިމުކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނާއި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާ ހަކަތައިގެ ދާއިރާއިން ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން، ޖީ.ބީ.އެން ފޯރަމަކީ ޖަޒީރާ ޤައުމުތަކުގެ އީޖާދީ ޚިޔާލުތަކާއި ވިޔަފާރިތައް، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ އަދި ބައިނަލްއަގްވާމީ ބާޒާރުތަކާ ގުޅުވައިދޭ މައިގަނޑު ޕްލެޓްފޯމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކްއައިލެންޑް އިންވެސްޓްމަންޓް ފޯރަމް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

9 ގަޑިއިރު ކުރިން - 17:46

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

14 ގަޑިއިރު ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

1 ދުވަސް ކުރިން - 18:55

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

3 ދުވަސް ކުރިން - 16:10

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ ހިދުމަތްތެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

3 ދުވަސް ކުރިން - 10:11

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

4 ދުވަސް ކުރިން - 15:17