Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް އެ ކުންފުނީގެ އެމްޑީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް އެ ކުންފުނީގެ އެމްޑީ ދޮގުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 23 އޯގަސްޓް 2026 16:20
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ---
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ---
ޚުލާސާ

ފަހުމީ ވިދާޅުވީ، 2023 ގެ ފަހުން އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި ބޯޑުން ވެސް އެފަދަ ހުއްދައެއް ދީފައި ނުވާ ކަމަށް. އަދި ބޯޑު މެންބަރަކު ވަކިވީ ވެސް މިކަމާ ގުޅިގެން ނޫން ކަމަށް އޭނާ ވިދާޅުވި.

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 17 މިލިއަން ރުފިޔާއަށް ލޭންޑިންގ ކްރާފްޓެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު އަދި ހަގީގަތް އޮޅޭ ގޮތަށް ފަތުރާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ، 900،000 ރުފިޔާގެ އަގުހުރި ބާ ލޭންޑިންގ ކްރާފްޓެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާހުގެ އަތުން 17 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީން ގަނެފައިވާ ކަމަށް ބުނެ އެކްސް ގައި ކޮށްފައިވާ ޕޯސްޓުތަކަކާ ގުޅިގެންނެވެ. މީގެއިތުރުން، އެ އުޅަނދު މަރާމާތު ކުރުމަށް އިތުރު 1.8 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި، ފަލާޙުގެ އަތުން ދެވަނަ އުޅަނދެއް ގަތުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް މުއާމަލާތެއް އެމްޑަބްލިޔުއެސްސީން ހިންގާފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި އެފަދަ މުއާމަލާތަކަށް ކުންފުނީގެ ބޯޑުން އެއްވެސް ހުއްދައެއް ދީފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކާ އެކު އެފަދަ ގަތުމަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، މި އުޅަނދު ގަތުމަށް ހުއްދަ ދޭން ދެކޮޅު ހެއްދެވުމުގެ ސަބަބުން އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރު އުމަރު ޙުސައިން އިސްތިއުފާ ދެއްވި ކަމަށް ކުރެވޭ ތުހުމަތު ވެސް ފަހުމީ ވަނީ ދޮގުކުރައްވާފައެވެ. ފަހުމީ ވިދާޅުވީ އުމަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށާއި، އޭނާގެ ވަކިވުމާ މި މުއާމަލާތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މިއީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އެކަށީގެންވާ ހެއްކެއް ނެތި މިފަދަ ވާހަކަތައް ހަގީގަތެއްގެ ގޮތުގައި ހާމަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދެފުށް ފެންނަ، ޒިންމާދާރު އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި މި ތުހުމަތުތައް ކޮށްފައިވީ ނަމަވެސް، އެ އުޅަނދުގެ އަގަކީ 900،000 ރުފިޔާ ކަމަށް ނުވަތަ 17 މިލިއަން ރުފިޔާއަށް އެ އުޅަނދު ގަތް ކަމަށް ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރުގެ އެޕްރީލް މަހު އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމާ ހަވާލުވެވަޑައިގެންނެވި ފަހުމީ، އޭގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމާއި ސްޓެލްކޯގެ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ އެމްޑަބްލިޔުއެސްސީން ދަނީ ކުންފުނީގެ ހިންގުމުގެ އުސޫލުތަކާ އެއްގޮތަށް އަހަރީ އަދި ކުއާޓަރު ރިޕޯޓުތައް ގަވާއިދުން އާންމުކުރަމުންނެވެ.

ހުސައިން ފަހުމީއެމްޑަބްލިއުއެސްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

98 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

123 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

131 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

133 ދުވަސް ކުރިން - 14:47

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ނަރުދަމާގެ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމަނީ

190 ދުވަސް ކުރިން - 14:15

ހުޅުމާލޭގައި އަލަށް ބެހެއްޓި ޕްލާންޓާއި އެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެ ފެން ލިބޭނެ

އާ ޕްލާންޓައެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެފެން ލިބޭނެ

191 ދުވަސް ކުރިން - 00:58