Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 40 މުވައްޒަފަކަށް އެވޯޑުދީ، "ވަންއެމް.ޑަބްލިއު.އެސް.ސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 31 އޮކްޓޫބަރު 2026 14:35
އެމް.ޑަބްލިޔު.އެސް.ސީގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ތެރެއިން / ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
އެމް.ޑަބްލިޔު.އެސް.ސީގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ތެރެއިން / ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
ޚުލާސާ

މި އެވޯޑް ނައިޓް ބޭއްވުނީ، ކުންފުންޏަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި މުވައްޒަފުންނާއި، ފާއިތުވި އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން. މި ރަސްމިއްޔާތުގައި 2026 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދެވުނު.

އެމް.ޑަބްލިޔު.އެސް.ސީގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ކާމިޔާބުކަމާއެކު ބާއްވާފައިވެއެވެ. މި އެވޯޑް ނައިޓް ބޭއްވުނީ، ކުންފުންޏަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި މުވައްޒަފުންނާއި، ފާއިތުވި އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވުނު މި ޝަރަފުވެރި ހަފުލާގައި، މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހުމާނު އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑުގެ އެކްޓިންގ ޗެއާޕަރސަން އައިޝަތު ރޫހީ، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި 2026 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ހާސިލުކުރިއެވެ. މީގެއިތުރުން، ކުންފުންޏަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ރިކޮގްނިޝަން އެވޯޑުވެސް ދެވިފަވެއެވެ. މި ހަފުލާގައި ކުންފުނިން ދެވޭ އެންމެ ހާއްސަ އެވޯޑު ކަމަށްވާ 'ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް' ލިބިފައިވަނީ ކުންފުނީގެ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ އާސިފް ހަސަން ޖަނާހް މޫސާއަށެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް އަގުހުރި އަދި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތަކަށް ދެވޭ އެވޯޑެކެވެ.

މި ހަފުލާގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ "ވަންއެމް.ޑަބްލިއު.އެސް.ސީ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްދެއްވިއެވެ. މިއީ އެމް.ޑަބްލިޔު.އެސް.ސީ އިން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، އިޖުތިމާއީ ޒިންމާ ގެ ހަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑެކެވެ. އަދި ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ މި ހަފުލާގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ ހުނަރު ފާހަގަކޮށް، ބުރަ މަސައްކަތަށް އަގުވަޒަންކޮށް، ކުރިއަރައިގެން ދިއުމަށް ހިތްވަރުދިނުން ކަމަށެވެ.

Advertisement

Advertisement 1

ވޭތުވެދިޔަ އަހަރު މުވައްޒަފުންގެ ކުރިއެރުމާއި ފައިދާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން، ތަފާތު ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވާތީ، މި ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކުރެވެމުންދާކަން ހުސައިން ފަހުމީ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކުންފުންޏާއި މުވައްޒަފުންގެ ކުރިއެރުމަށް އިސްކަންދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީއެވޯޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

4 ދުވަސް ކުރިން - 12:22

މަހާ ނަސީރު "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް" އެވޯޑު ހޯއްދަވައިފި

މަހާ ނަސީރު "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް" އެވޯޑު ހޯއްދަވައިފި

6 ދުވަސް ކުރިން - 13:31

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026 އަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓުވެއްޖެ!

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026 އަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓުވެއްޖެ!

13 ދުވަސް ކުރިން - 14:07

ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފި

ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފި

32 ދުވަސް ކުރިން - 11:52

އައްޑޫ، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އެމްޑަބްލިޔުއެސްސީއަށް ބަދަލުކުރުމަށް ސޮއިކޮށްފި

އައްޑޫ، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އެމްޑަބްލިޔުއެސްސީއަށް ބަދަލުކުރުމަށް ސޮއިކޮށްފި

33 ދުވަސް ކުރިން - 19:46

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

53 ދުވަސް ކުރިން - 08:45