Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރެހެންދި އެވޯޑު 2027 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީއިން ހުޅުވާލައިފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 27 އޮކްޓޫބަރު 2026 12:22
ރެހެންދީ އެވޯޑް 2025-2026 ގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ
ރެހެންދީ އެވޯޑް 2025-2026 ގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

މި އެވޯޑަށް ނަންހުށަހެޅެނީ ދެ ކެތަގަރީއަކުން. އެއީ ވަކިވަކި އަންހެނުންނާއި، ޖަމިއްޔާތަކަށް. އަދި މީގެ ތެރެއިން 4 ދާއިރާއަކަށް ނަންހުށައެޅޭ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީގޮތުން ބާރުވެރިކުރުވުން، އަދި ނޮން-ޓްރެޑިޝަނަލް ރޯލްސް. ދެން މި އެވޯޑުދޭނީ ދެއަހަރުން އެއް އަހަރު

ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ މަގަސަދުގައި ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ މިނިސްޓްރީން ދޭ "ރެހެންދި އެވޯޑު 2027" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފިއެވެ.

މި އެވޯޑަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ދެ ކެޓަގަރީއަކުން ހުޅުވާލެވިފަވެއެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމުއިއްޔާ/ޖަމާއަތްތަކަށް ހުށަހެޅޭ ކެޓަގަރީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނާއި ޖަމުއިއްޔާތަކަށް 4 ދާއިރާއަކުން ނަން ހުށަހެޅޭނެއެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީގޮތުން ބާރުވެރިކުރުވުން، އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް" އެވެ.

Advertisement

Advertisement 1

ރެހެންދި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމުއިއްޔާ ޖަމާއަތްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތުވެސް ދީފަވެއެވެ. ދެވިފައިވާ ފުރުސަތުތަކުގެ ތެރޭގައި އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނަން ހުށަހެޅުން ނުވަތަ ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލާފަވެއެވެ. މިއީ ގިނަ ފަރާތްތަކަކަށް މި އެވޯޑުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރެވިފައިވާ ކަމެކެވެ.

ރެހެންދީ އެވޯޑް 2025-2026 ގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީއިން 2014 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައެވެ. މީގެ އިތުރުން، ވޭތުވެދިޔަ 13 އަހަރު ތެރޭގައި އެވޯޑު ދެމުން އަންނަ ދާއިރާތަކަށާއި، އެވޯޑު ދިނުމުގެ އުސޫލަށް މިނިސްޓްރީއިންއެކި ބަދަލުތައް ގެންނެވިއެވެ. މިހާތަނަށް ޖުމުލަ 77 ފަރާތަކަށް މި އެވޯޑު ދެވިފައިވާއިރު، އޭގެ ތެރޭގައި އަންހެނުންގެ އިތުރުން ޖަމިއްޔާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ހިމެނެއެވެ.

ކުރިއަށް އޮތް ތަނުގައި އެވޯޑު ދިނުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު، މި އަހަރުން ފެށިގެން މި އެވޯޑު ދެން ދެމުންގެންދާނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ކަމަށް މިނިސްޓްރީއިން ހާމަކުރިއެވެ. މިފަދަ ބަދަލުތަކެއް އުސޫލަށް މީގެ ކުރިންވެސް ގެނެސްފައިވަނީ އަދި ކުރިއަށް އޮތް ތަނުގައިވެސް ގެންނާނީ، އެވޯޑު އެންމެ ފުރިހަމަ ގޮތުގައި ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ގޮތަކަށް ބައްޓަންކުރުމުގެ މަގްސަދުގައެވެ.

އެވޯޑްސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މަހާ ނަސީރު "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް" އެވޯޑު ހޯއްދަވައިފި

މަހާ ނަސީރު "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް" އެވޯޑު ހޯއްދަވައިފި

1 ދުވަސް ކުރިން - 13:31

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް ރިޕޯޓުކޮށްފި

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް ރިޕޯޓުކޮށްފި

5 ދުވަސް ކުރިން - 22:49

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026 އަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓުވެއްޖެ!

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026 އަށް ރާއްޖެ އަނެއްކާވެސް ނޮމިނޭޓުވެއްޖެ!

8 ދުވަސް ކުރިން - 14:07

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

17 ދުވަސް ކުރިން - 14:38

ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ހިދުމަތް އަންނަ އަހަރު ފަށަނީ

ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ހިދުމަތް އަންނަ އަހަރު ފަށަނީ

19 ދުވަސް ކުރިން - 10:49

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

22 ދުވަސް ކުރިން - 16:24