
މި އެކްސްޕޯގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓި. ސިއްހީ ދާއިރާގެ ތަފާތު ކަންކަމާ ގުޅޭ މައުލޫމާތު ވަރަށް ފުރިހަމައަށް ފޯރުކޮށްދެވި، ހެލްޕް ލައިންތަކާއި ހިދުމަތްތައް ހޯދާއިރު ފުރިހަމަކުރަންޖެހޭ ޕްރޮސެސްތައް ކިޔައިދެވިފައިވޭ.
14 ދުވަސް ކުރިން - 09:22
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް، އަދި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގައި ހާމަކުރަމުންދާކަން ފާހަގަކުރެވުމުން ކުޑަކުދިންގެ ކަރާމާތަށް ބުރޫއަރާފަދަ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް އެދި މިނސްޓްރީއިން ބަޔާން ނެރުނީ.
15 ދުވަސް ކުރިން - 12:42