Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ފަށައިފި

"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ފަށައިފި

އައިޝަތު އިމްސާ
10 ގަޑިއިރު ކުރިން - 27 ސެޕްޓެންބަރު 2026 16:43
މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕްގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ
މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕްގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ
ޚުލާސާ

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށްޓަކައި، 08 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފި. އަދި ސަރުކާރުން ދަނީ ތަމްރީނުތަކާއި އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ. މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓާރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއެވެ.

މި ވޯކްޝަޕަކީ "ސްޓްރޯންގް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ސައިން ލެންގުއޭޖް ތަރުޖަމާނުންނާއި، ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅިގެން 08 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ މައިގަނޑު ބޭނުމަކީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތާއި ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމަށާއި، މި ބަހުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއެވެ.

Advertisement

Advertisement 1

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މިހާތަނަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ފަރުމާކޮށް، ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ސައިން ލެންގުއޭޖް ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައެވެ.

ކުރިއަށް އޮތް ތަނުގައި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި މުޖުތަމައުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި "އެމްޕަވަރމަންޓް ހަބް" އެއް ގާއިމުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސައިން ލެންގުއޭޖް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ވަނީ ރޭވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ ވަނީ މި މަސައްކަތްތަކުގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެދެއްވާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ގީލާ އަލީސިއްހަތާއި، އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއޮސްޓްރޭލިއާސައިން ލެންގުއޭޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ސެޕްޓެމްބަރ 22-24 ށ. ފުނަދޫގައި

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ށ. ފުނަދޫގައި

24 ދުވަސް ކުރިން - 17:28

ވިއެނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

28 ދުވަސް ކުރިން - 13:22

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

32 ދުވަސް ކުރިން - 11:02

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

78 ދުވަސް ކުރިން - 22:51

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

99 ދުވަސް ކުރިން - 15:58

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

114 ދުވަސް ކުރިން - 18:46