Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އައިޝަތު ރުވާ ރިފްޢަތު
5 ގަޑިއިރު ކުރިން - 8 ސެޕްޓެންބަރު 2026 08:45
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ---
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ---
ޚުލާސާ

މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ބޭކާރު ހަރަދުތައް ކަނޑާލުމާއި، ކޯޕަރޭޓް ގަވަރނަންސް ވަރުގަދަކުރުމުން ކުންފުނިތަކުގެ ޒިންމާދާރުކަން އިތުރުވެ، ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. މާނަހުރި ބަދަލެއް ގެނެވޭނީ މިފަދަ އުނދަގޫ ނިންމުންތައް ތަންފީޒުކޮށްގެން ކަމަށް ފަހުމީ ވިދާޅުވީ.

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ހިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެސްއޯއީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކޮށް، ގައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމުން އެސްއޯއީތަކުން ދޭންޖެހޭ އެންމެ މުހިންމު ޚިދުމަތްތަކަށް އިސްކަންދެވި، އެ ކުންފުނިތަކުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ނިންމެވުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ކަންކަމުގައި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށާއި، އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އެންމެ އެދެވޭ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމަކަށް މާނަހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ މިފަދަ އުނދަގޫ ނިންމެވުންތައް ނިންމަން ކެރިގެން އަދި އެކަންކަން ތަންފީޒުކުރުމުގެ ވަރުގަދަ އަޒުމެއް އޮވެގެންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުމަކީ ސާފު މަގްސަދެއްގައި، ދުރުވިސްނުމާ އެކު ދިވެހި ގައުމުގެ މުސްތަޤްބަލަށްޓަކައި ނިންމެވި ވަރަށް ހަރުދަނާ އިސްލާހީ ނިންމެވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން ފަހުމީއެމްޑަބްލިއުއެސްސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

17 ގަޑިއިރު ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

17 ގަޑިއިރު ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

21 ގަޑިއިރު ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

21 ގަޑިއިރު ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

21 ގަޑިއިރު ކުރިން - 16:05

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

6 ދުވަސް ކުރިން - 13:50