Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އައިޝަތު އިމްސާ
9 ގަޑިއިރު ކުރިން - 23 އޯގަސްޓް 2026 17:46
ބައްސާމް އާދަމް----
ބައްސާމް އާދަމް----
ޚުލާސާ

މިދިޔަ ޑިސެމްބަރުގައި ފަތުރުވެރިކަމަށް ގެނައި ބަދަލުތަކުން އިޤްތިޞާދަށް ފައިދާވެ، ކުދި ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް ފުރުޞަތުތައް ހުޅުވި، ޑޮލަރު ބޭރުވުން މަދުވެ، ހަލާލް ޓޫރިޒަމާއި ޓުއާ އޮޕަރޭޓަރުންގެ ލައިސަންސް ފަދަ އައު އުޞޫލުތަކުން ސިނާއަތް ފުޅާވެގެންދާނެ ކަމަށް ބައްސާމް ވިދާޅުވި.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަަތަށް އައިސްފައިވާ ބަދަލުތަކުގެ ތެރެއިން މިދިޔަ އަހަރު ޑިސެމްބަރު މަހު ފާސްކޮށްފައިވާ ބިލާއެކު އައިސްފައިވާ ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދަށް އެތައް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް، އެމްއެމްޕީއާރުސީގެ ކުރީގެ ޑިޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ބައްސާމް އާދަމް ވިދާޅުވެއްޖެއެވެ.

ހުލާސާ ނިއުސްއަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ، މި އައު ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދަށް އެތައް ހެޔޮ އަސަރުތަކެއް ކުރާއިރު، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ފްރީ ލާންސް ކުރާ ފަރާތްތަކަށް އެތައް ދޮރުތަކެއް ހުޅުވޭން ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްރޫއު ތަކުގައި ބައިވެރިކުރެވި ވަކިވަކި ފަރުދުންގެ ފަންނުވެރިކަމަށް ފުރުސަތުތައް ލިބިގެންދާނެ ކަމުގައި ވެސް ބައްސާމް ވިދާޅުވިއެވެ.

ސްޓެޓިސްޓިކްތަކަށް ރިއާޔަތްކޮށް ބައްސާމް ވިދާޅުވީ ކޮންމެ މަހަކު ރާއްޖެއަށް އެތައް ޓޫރިސްޓުންނެއް އަންނަ އިރު، ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވާ ކަމަށެވެ. އެހެންކަމުން، އައު ޕޮލިސީގެ ސަބަބުން ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުވެގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

އަދި، މި ބިލްގެ ދަށުން ތަޢާރަފް ވެފައިވާ ހަލާލް ޓޫރިޒަމްގެ ސަބަބުން އިތުރު ޓޫރިސްޓް މާކެޓުތަކަށް ދޮރުހުޅުވި، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރެވޭނެ ކަމުގައި ވެސް ބައްސާމު ވިދާޅުވިއެވެ.

ގައުމުގެ ތަރައްގީއަށް ކުރައްވާ މަސަައްކަތުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ސިނާއަތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޓޫރިޒަމްގެ ބޭނުމުގައި ރަށާއި، ބިމާ ފަޅު ދޫކުރެވޭގޮތް ހަދާދެއްވާ، ރިސޯޓު ހަދަން ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާއި، ދިވެހި ރާއްޖޭގައި ޓުއަރ އޮޕަރޭޓަރ ލައިސެންސާއި އެކު މެނުވީ އެ ޚިދުމަތް ފޯރުކޮށްނުދެވުން މިއީ އޭގެތެރެއިން ގެނެސްފައިވާ ބައެއް ބަދަލުތަކެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: ރައީސް

"ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ"

8 ގަޑިއިރު ކުރިން - 19:30

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

14 ގަޑިއިރު ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

1 ދުވަސް ކުރިން - 18:55

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

2 ދުވަސް ކުރިން - 21:15

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

3 ދުވަސް ކުރިން - 16:10

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ ހިދުމަތްތެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

3 ދުވަސް ކުރިން - 10:11