Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 21 އޯގަސްޓް 2026 16:40
ބިދޭސީއަކު ބޭރުފައިސާ މާރުކުރާ ތަނަކަށް ވަންނަނީ؛ ކަޅުބާޒާރުގައި ބޭރުފައިސާ މާރުކުރުން ހުއްޓުވަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުން ތާއީދުކުރޭ.
ބިދޭސީއަކު ބޭރުފައިސާ މާރުކުރާ ތަނަކަށް ވަންނަނީ؛ ކަޅުބާޒާރުގައި ބޭރުފައިސާ މާރުކުރުން ހުއްޓުވަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުން ތާއީދުކުރޭ.
ޚުލާސާ

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށް. މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް.

ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރާ އަމިއްލަ ކުންފުންޏަކުން ގަވާއިދާ ޚިލާފަށް ޑޮލަރުގެ މުއާމަލާތްތައް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި، އެ ތަނުގެ މަނީ ޗޭންޖިންގ ލައިސަންސް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ. އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށެވެ. މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެކެވެ.

ބާތިލްކުރި ލައިސަންސް ދޫކޮށްފައިވާ ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލް ކިޔާ މީހަކު ހިއްސާވެގެން 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ.

Advertisement

Advertisement 1

މަރުކަޒީ ބޭންކުން ބުނީ މި ފިޔަވަޅަކީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކޮށް މޮނިޓަރ ކުރުމުގެ ތެރެއިން، އެ ކުންފުނިން ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. ޚާއްޞަކޮށް ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށާއި، ކަނޑައެޅިފައިވާ ރަސްމީ ރޭޓުން ބޭރުގައި މުއާމަލާތް ކުރުން ހުއްޓުވުމަށް އެމްއެމްއޭ އިން ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން މިފަދަ ތަންތަން ބަލައި ފާސްކުރުން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މަނީ ޗޭންޖިންގ ވިޔަފާރީގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު އެއްވެސް ބެލުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ހެދިފައިވާ އުސޫލުތަކަށް ހުރިހާ ވިޔަފާރިތަކަކުން ވެސް ފުރިހަމައަށް ބޯލެނބުމަށް މަރުކަޒީ ބޭންކުން ވަނީ އިންޒާރު ދީފައެވެ.

ޑޮލަރުއެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްއެމްއޭގެ ދެ ގަވާއިދަކަށް، އީމެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ދެ ގަވާއިދަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

1 ދުވަސް ކުރިން - 09:45

ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

“ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް”

3 ދުވަސް ކުރިން - 12:17

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

4 ދުވަސް ކުރިން - 13:11

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

7 ދުވަސް ކުރިން - 20:27

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

7 ދުވަސް ކުރިން - 20:00

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު އިތުރުވެއްޖެ

7 ދުވަސް ކުރިން - 16:59