Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ކޮމިޓީން ނިންމައިފި

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ކޮމިޓީން ނިންމައިފި

ހުސައިން އިސްމާއިލް
2 ދުވަސް ކުރިން - 23 އޯގަސްޓް 2026 10:08
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ، ތްރެޝްހޯލްޑް-1 އަދި ތްރެޝްހޯލްޑް-2 ހަމަވާ އަދަދަށް ސޮއި ލިބިފައިވާ ޕެޓިޝަންތައް ދިރާސާކުރުން.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ، ތްރެޝްހޯލްޑް-1 އަދި ތްރެޝްހޯލްޑް-2 ހަމަވާ އަދަދަށް ސޮއި ލިބިފައިވާ ޕެޓިޝަންތައް ދިރާސާކުރުން.
ޚުލާސާ

މި އިސްލާހަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގޭ ތަރައްގީގެ ބިޔަ މަޝްރޫއުތައް މަރުހަލާތަކެއްގެ ތެރެއިން ލަސްވިޔަނުދީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ލާބަޔާއި މަންފާ ލިބޭނެހެން ބިންތައް މެނޭޖުކުރުމަށް ސަރުކާރުން އިސްނަގައިގެން ހުށަހެޅި ބިލެއް.

ލޯކަލް ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ދައުލަތުގެ މަރުކަޒީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ޕެޓިޝަނަށް ބަހުސްކުރުމަށް ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި، އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގެ ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގައިވާ އުސޫލުގެ ދަށުން ބަހުސްގެ ވަގުތު ބެހުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިއްބެވި ނިސްބަތުންނެވެ.

މި އިސްލާހަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގޭ ތަރައްގީގެ ބިޔަ މަޝްރޫއުތައް މަރުހަލާތަކެއްގެ ތެރެއިން ލަސްވިޔަނުދީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ލާބަޔާއި މަންފާ ލިބޭނެހެން ބިންތައް މެނޭޖުކުރުމަށް ސަރުކާރުން އިސްނަގައިގެން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މުހިންމު ބިލެކެވެ. ސަރުކާރުގެ މި ހަރުދަނާ ތަރައްގީގެ ސިޔާސަތަށް ތާއީދުކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައި އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ގައުމުގެ ކުރިއެރުމަށް އެދޭ 10،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަން ބޭނުންވާކަން ހާމަކޮށް މި ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

Advertisement

Advertisement 1

މިއާ ހިލާފަށް، ސަރުކާރުން ރައްޔިތުންގެ ލާބަޔަށް ކުރާ މަސައްކަތްތަކުގެ މަގްސަދު އޮޅޭގޮތަށް ބައެއް އާންމު ޖަމިއްޔާތަކުން ވަނީ މި ބިލު ބޭރުކުރުމަށް ގޮވާލައި 2،300 އެއްހާ މީހުންގެ ސޮޔާއެކު އިދިކޮޅު ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށް ހުށަހެޅި ބޮޑު ޕެޓިޝަނަށް ރައްޔިތުން އަމިއްލައަށް ދީފައިވާ ބޮޑު ތަރުހީބު ކުޑަކޮށް ދެއްކުމުގެ ގޮތުން، އެއީ ވަޒީފާގެ ބިރުދައްކައިގެން ހޯދި ސޮއިތަކެއް ކަމަށް ބުނެ ސިޔާސީ ގޮތުން ހަގީގަތާ ހިލާފު ތުހުމަތުތަކެއް ވެސް ވަނީ ފަތުރާފަ އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

3 ގަޑިއިރު ކުރިން - 07:43

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

6 ދުވަސް ކުރިން - 11:37

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

7 ދުވަސް ކުރިން - 11:13

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

7 ދުވަސް ކުރިން - 17:30

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

7 ދުވަސް ކުރިން - 13:01

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް ޕެޓިޝަނެއް ހުށަހަޅައިފި

8 ދުވަސް ކުރިން - 19:11