Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ވަފުދު ރަޝިޔާއަށް ކުރި ދަތުރު ވަރަށް ކާމިޔާބު! މިއީ ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިކަމެއް: ޝާޒް

ސަރުކާރުގެ ވަފުދު ރަޝިޔާއަށް ކުރި ދަތުރު ވަރަށް ކާމިޔާބު! މިއީ ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިކަމެއް: ޝާޒް

ހުސައިން އިސްމާއިލް
19 ގަޑިއިރު ކުރިން - 19 އޯގަސްޓް 2026 20:40
ރަޝިއާ މާކެޓް ފުޅާކުރުމަށް ބޭއްވި އިވެންޓު ގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، ރަޝިޔާގެ ކަމާބެހޭ އިސްވެރިންނާއި އެކު.
ރަޝިއާ މާކެޓް ފުޅާކުރުމަށް ބޭއްވި އިވެންޓު ގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، ރަޝިޔާގެ ކަމާބެހޭ އިސްވެރިންނާއި އެކު.
ޚުލާސާ

ރަޝިޔާ މާކެޓް ފުޅާ ކުރުމަށް ކުރީ ސަރުކަރުތަކުގައި އާދޭސް ދެންނެވި ކަމަށާއި އެކަމަކު މިސަރުކާރު ފިޔަވައި ހުރިހާ ސަރުކާރަކުންވެސް ފަހަތުފަޔަށް ބުރަވީ ކަމަށް ޝާޒް ވިދާޅުވި. މިސަރުކާރުން މިކަމަށް އިޖާބަ ދިނުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ޝާޒް ވިދާޅުވި.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ސަރުކާރުގެ މުހިންމު ވަފުދަކުން ރަޝިޔާއަށް ކުރި ރަސްމީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްގެ ގޮތުގައި، ޓުއަރިޒަމް ވިޔަފާރިވެރިޔާ ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ ރަޝިޔާ މާކެޓް އިތުރަށް ފުޅާކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދަތުރަކީ، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސްދިނުމަށްޓަކައި މި ސަރުކާރުގެ ހަރުދަނާކަމާއި ގާބިލުކަން ސާބިތުކޮށްދިން އަލިގަދަ ހެއްކެކެވެ.

މި ދަތުރާ ގުޅޭގޮތުން ޚުލާސާއަށް ދެއްވި ބަސްދީގަތުމެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ޝާޒް ވަލީދު ވިދާޅުވީ، ރަޝިޔާ މާކެޓް ރާއްޖެއަށް ފުޅާކުރުމަށްޓަކައި ފާއިތުވި ހުރިހާ ސަރުކާރުތަކެއްގައި އާދޭސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެމްއޭސީއެލް އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ރާއްޖޭގެ މުހިންމު ފަރާތްތައް ހިމެނޭ ބޮޑު ވަފުދަކާއެކު މިފަދަ ކަމަކަށް އިސްނަގަން ކުރީގެ ސަރުކާރުތަކުން ތިބީ ފަހަތުފަޔަށް ބުރަވެ، ފަސްޖެހިފައެވެ. ޝާޒް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ސިނާއަތުގެ އެދުމަކަށް އިޖާބަދީ، ރަޝިޔާ މާކެޓް އިތުރަށް ފުޅާކުރަން މި ސަރުކާރުން އެއްބަސްވެ، މި ދަތުރުގައި ބައިވެރިވުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ހިއްވަރެކެވެ.

Advertisement

Advertisement 1

“ކުރީ ސަރުކަރުތަކުގައި އަޅުގަނޑުމެން ހަމަ އާދޭސް ދެންނެވިން ރަޝިޔާ މާކެޓް ފުޅާކުރުމަށް. އެކަމަކު ހަމަ ފަހަތުފަޔަށް ބުރަވީ. މިސަރުކާރުން މިކަމަށް އިޖާބަ ދިނުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަލިގަދަ ހެއްކެއް. މިސަރުކާރުން ނަމޫނާ ދައްކައިފި. މި ކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ” ޝާޒް ވިދާޅުވިއެވެ.

މި ދަތުރާ ބެހޭގޮތުން އެކި ފަރާތްތަކުން ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން ދަނީ ހަޖަމުނުވެގެން ކަމަށް ޝާޒް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު، އަދި އެހާމެ ބޭނުންތެރި ދަތުރެއްކަން މި ދަތުރުގައި ބައިވެރިވި ދެވަނަ ފަރާތުން ވެސް ގަބޫލުކުރެއެވެ.

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އިސްކޮށް ހުންނަވައި، ވިޒިޓް މޯލްޑިވްސް އާއި އެމްއޭސީއެލް ވެސް ގުޅިގެން ކުރިއަށްގެންދިޔަ މި ދަތުރުގައި، ރަޝިޔާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި ފްލައިޓްތައް އިތުރުކުރުމަށް ވަނީ އެއްބަސްވެފައެވެ. މި ހަރުދަނާ ފިޔަވަޅުތަކަކީ "ވިޒިޓް މޯލްޑިވްސް އިޔާ 2027" އަށް ސަރުކާރުން ވަމުންދާ ވަރުގަދަ ތައްޔާރީތަކުގެ ބައެކެވެ.

ކުރީގެ ސަރުކާރުތަކަށް ކުރަން ނުކެރުނު ބޮޑެތި ކަންކަން މި ސަރުކާރުން އަމަލީގޮތުން ކުރަމުންދާ ދިއުމަކީ ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކުރާ އިޚްލާސްތެރި މަސައްކަތުގެ ހެއްކެކެވެ.

ރަޝިއާޝާޒް ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު  4,000 ކިލޯމީޓަރަށް އުދުހިލައިފި

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު 4,000 ކިލޯމީޓަރަށް އުދުހިލައިފި

3 ދުވަސް ކުރިން - 12:22

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

29 ދުވަސް ކުރިން - 13:19

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

29 ދުވަސް ކުރިން - 18:38

އަމީރަކީ ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ މައިގަނޑު ބައިވެރިއެއް: ޝާޒް ވަލީދު

އަމީރަކީ ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ މައިގަނޑު ބައިވެރިއެއް: ޝާޒް ވަލީދު

37 ދުވަސް ކުރިން - 16:13

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

46 ދުވަސް ކުރިން - 23:10

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގެ ކުރީގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

65 ދުވަސް ކުރިން - 15:10