
ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ނޫންކަން ފާހަގަކުރައްވަމުން ޝާޒް ވަލީދު ވިދާޅުވީ މާކެޓުގައި ހިނގާ ވަގު ވިޔަފާރިތަކާއި ޑޮލަރުގެ ކަޅުބާޒާރުގެ އަސްލު އަޑީގައި ތިބީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން.
39 ދުވަސް ކުރިން - 10:08
މަސްތުވާތަކެތީގެ މުގުލުގައި ބިދޭސީ ނެޓްވޯކްތައް ތިބެ، ކޮންމެ މަހަކު ކަޅުބާޒާރުން 30 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ޤައުމީ ސަލާމަތަށްޓަކައި، ކަމާބެހޭ އިދާރާތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލައި މިކަން ހުއްޓުވުމަށް އޭނާ ގޮވާލެއްވި.
49 ދުވަސް ކުރިން - 09:31
ރަޝިޔާ މާކެޓް ފުޅާ ކުރުމަށް ކުރީ ސަރުކަރުތަކުގައި އާދޭސް ދެންނެވި ކަމަށާއި އެކަމަކު މިސަރުކާރު ފިޔަވައި ހުރިހާ ސަރުކާރަކުންވެސް ފަހަތުފަޔަށް ބުރަވީ ކަމަށް ޝާޒް ވިދާޅުވި. މިސަރުކާރުން މިކަމަށް އިޖާބަ ދިނުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ޝާޒް ވިދާޅުވި.
56 ދުވަސް ކުރިން - 20:40