Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ހުސައިން އިސްމާއިލް
7 ގަޑިއިރު ކުރިން - 21 ޖުލައި 2026 18:38
ޝާޒް ވަލީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ.
ޝާޒް ވަލީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ބޭރުގެ ރިއަލް އެސްޓޭޓް ކުންގުނިތަކާއި އޮންލައިން ބުކިން ހަދާ ބޭރުގެ ޓްރެވެލް އެޖެންޓުން އަހަރަކު ގާތްގަނޑަކަށް 800 މިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކަށް ނުވައްދައި ސާފު ފައިދާގެ ގޮތުގައި އެބަ ގެންދޭ. މިކަން ހައްލު ކުރެވޭނީ އުސޫލުތައް ހަރުދަނާ ކޮށްގެން.

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް ކަމަށާއި، މިއީ ގައުމުގެ ގާނޫނުތަކާއި އުސޫލުތައް ކުރިއްސުރެ ބައްޓަންވެފައިވާ ގޮތުން ދިމާވާ ބޮޑު އިގްތިސާދީ މައްސަލައެއް ކަމަށް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ޝާޒް ވަލީދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.

ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ޝާޒް ވިދާޅުވީ ބޭރުގެ އޮންލައިން ޓްރަވެލް އެޖެންސީ (އޯޓީއޭ) ތަކުން ރާއްޖޭގައި އަހަރަކު 600 މިލިއަނާއި 1 ބިލިއަން ޑޮލަރާ ދޭތެރޭގެ ވިޔަފާރިކުރާއިރު، މިއީ މުޅި ޓޫރިޒަމް އިގްތިސާދުގެ 25 އިންސައްތައެވެ. ނަމަވެސް، ގާނޫނީ ހުސްކަމެއްގެ ސަބަބުން މި ފަރާތްތަކުން އަހަރަކު 40 އާއި 60 މިލިއަން ޑޮލަރުގެ ސާފު ފައިދާ ރާއްޖޭގެ ބޭންކުތަކަށް ނުވައްދައި ސީދާ ޑޮލަރުން ބޭރުކުރެއެވެ. މީގެ ސަބަބުން ފަސް އަހަރު ތެރޭގައި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު އިގްތިސާދުން ގެއްލިގެންދާ ކަމަށެވެ.

ޝާޒް ވިދާޅުވީ، ބޭރުގެ އޯޓީއޭތަކަށް ފައިސާ ފޮނުވުން ތުރުކީވިލާތުގައި ވެސް އޮންނަނީ މަނާކޮށްފައެވެ. އެ މިސާލު ދައްކަވަމުން ޝާޒް ވިދާޅުވީ، ރާއްޖޭގައި މިފަދަ ފިޔަވަޅެއް އަޅިޔަސް ޓޫރިޒަމް ހުއްޓިދާނެ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ބްރޭންޑަކަށް ވުމުން ފަތުރުވެރިން ކޮންމެ ގޮތަކުންވެސް ރާއްޖެ އަންނާނެ ކަމަށެވެ.

Advertisement

Advertisement 1

އޯޓީއޭތަކުގެ އިތުރުން، ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓު އުފުލެން ދިމާވާ އަނެއް ސަބަބަކީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ލިބޭ ބޮޑު ފައިދާ ކަޅުބާޒާރުން ބޮޑުއަގުގައި ޑޮލަރު ގަނެގެން ބޭރުކުރުން ކަމަށް ޝާޒް ފާހަގަކުރެއްވިއެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި 100 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތައް އަޅާއިރު، ބިންގާ އެޅުމުގެ ކުރިން ބުކިން ފީގެ ގޮތުގައާއި ޝީޓްތައް އެޅުމާ އެކު ދިވެހިންގެ އަތުން ފައިސާ ނަގަމުންދާ ކަމަށާއި، ނަމަވެސް މަޝްރޫއަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ހުރިހާ މުދަލެއް އެތެރެކުރަނީ އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ގަނެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ލިބޭ ގޮތަށް އިމާރާތްތައް އަޅަން ދިނީ އެމްޑީޕީ ސަރުކާރުންނެވެ.

ބޭރުގެ ކުންފުނިތަކުން 8 މިލިއަން ރުފިޔާއަށް އެޕާޓްމަންޓެއްގެ މަގުން 50 އެޕާޓްމަންޓް ވިއްކާލައިގެން 25 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ ބޮޑު ސާފު ފައިދާއެއް ހޯދާއިރު ރާއްޖޭގެ އިގްތިސާދަށް ކުރާ އެއްވެސް ފައިދާއެއް ނެތެވެ. އަދި މި މަޝްރޫއުތަކުން ލިބޭ ގާތްގަނޑަކަށް 5 މިލިއަން ޑޮލަރުގެ ސާފު ފައިދާ ބޭރުކުރުމަށްޓަކައި، ކަޅުބާޒާރުގައި ޑޮލަރެއްގެ ރޭޓު 21 ރުފިޔާއަށް ހުރިނަމަވެސް ބޮޑުއަގުގައި ޑޮލަރު ގަނެގެންވެސް އެމީހުންގެ އަމިއްލަ ގައުމަށް ފައިސާ ބޭރުކުރަން ޖެހިލުން ނުވަނީ އެމީހުންގެ ގައުމުގައި މިފަދަ ޕްރޮޖެކްޓަކުން ނުލިބޭ މިންވަރަށް ފައިދާވާތީ ކަމަށާއި، މިއީ ޑޮލަރުގެ ބްލެކްމާކެޓް އުފެދި ފުޅާވާންޖެހޭ މައިގަނޑު ސަބަބެއް ކަމަށް ވިދާޅުވެ ޝާޒް ވަނީ މިކަންކަމަށް ގާނޫނީ ހައްލުތަކެއް ހޯދުމަށް ގޮވާލައްވާފައެވެ.

ޝާޒް ވަލީދުޑޮލަރުރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

12 ގަޑިއިރު ކުރިން - 13:44

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

3 ދުވަސް ކުރިން - 10:21

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20