Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 22 ޖުލައި 2026 13:19
ޝާޒް ވަލީދު.
ޝާޒް ވަލީދު.
ޚުލާސާ

ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށާއި، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން، 90,000 އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތު ލިބިގެންދިޔަ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި، އެމީހުން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ސަބަބުން ދިވެހި އިގްތިސާދަށް ލިބޭ ނަފާއަށްވުރެ ލިބޭ ގެއްލުން މާ ބޮޑުވެފައިވާ ކަމަށާއި، މިކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭ ބަޔަކީ އެމްޑީޕީ ކަމަށް، މަޝްހޫރު ޓުއަރިޒަމް ވިޔަފާރިވެރިޔާ ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޓުއަރިޒަމް ދާއިރާގެ އިސް ބޭފުޅުންތަކެއް ތިއްބަވާ ވަޓްސް އެޕް ގްރޫޕުގައި އިއްޔެ ދެކެވުނު ވާހަކަތަކެއްގައެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 60 އިންސައްތަ ހިއްސާކުރަނީ ބިދޭސީން ކަމަށްވާއިރު, މީގެ ކުރިން އޭގެ ތެރެއިން 72 އިންސައްތަ މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ބިދޭސީން ކޮންޓްރޯލްކުރާ ކުދި ވިޔަފާރިތައް އިތުރުވެ، 2023 ވަނަ އަހަރު އެކަނިވެސް ރާއްޖެއިން ބޭރު ކުރި ރެމިޓެންސް (ފޮނުވި ފައިސާ) 70 މިލިއަން ޑޮލަރަށް އަރައި، ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

މި މައްސަލަ މިހާރު އޮތް ނާޒުކު ފަންތިއަށް ދިއުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ކަމަށް އިގްތިސާދީ މާހިރުން ވެސް ދަނީ ބުނަމުންނެވެ.

Advertisement

Advertisement 1

އެމްޑީޕީގެ ވެރިކަމުގައި، ހާއްސަކޮށް 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 139,000 ވޯކް ޕާމިޓްގެ ތެރެއިން ފީ ދައްކާފައިވަނީ އެންމެ 36 އިންސައްތަ ކަމަށް އދ. (UN) ގެ ރިޕޯޓުތަކުން ސާފުވެއެވެ. ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށާއި، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން، 90,000 އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ.

ބިދޭސީން ހިންގާ މިފަދަ ނާޖާއިޒު ވިޔަފާރިތަކުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ އާމްދަނީ ބޮޑުތަނުން ގެއްލިގެންދެއެވެ. ހަމައެއާއެކު، ދިވެހި ޒުވާނުންނަށް ލިބެންހުރި ވަޒީފާގެ ފުރުސަތުތަކާއި ކުދި ވިޔަފާރި ފެށުމުގެ ފުރުސަތުތައް މިފަދަ ގަވާއިދާ ހިލާފު ހަރަކާތްތަކުގެ ސަބަބުން ވަނީ ހަނިވެފައެވެ.

ނަމަވެސް، 2023 ނޮވެމްބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ، "އޮޕަރޭޝަން ކުރަނގި" ފެށުމާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް ވަނީ 72 އިންސައްތައިން 38 އިންސައްތައަށް ދަށްކޮށްފައެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށްވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. 17 ނޮވެމްބަރު 2023 އިން ފެށިގެން 13 ޖޫން 2026 ގެ ނިޔަލަށް ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅުނު 12,552 ބިދޭސީން ގައުމުން ބޭރުކޮށްފައެވެ.

ޝާޒް ވަލީދުއެމްޑީޕީބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ މިނިވަންކަމަށާއި އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ގަވާއިދާ ހިލާފަށް އުޅޭ އެއްލައްކައެއްހާ ބިދޭސީން! - ޝާޒް ވަލީދު

އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ބިދޭސީން : ޝާޒް ވަލީދު

6 ގަޑިއިރު ކުރިން - 10:08

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

7 ދުވަސް ކުރިން - 10:23

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

10 ދުވަސް ކުރިން - 09:31

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

13 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

13 ދުވަސް ކުރިން - 18:55