Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑޮލަރުލިބުން ދަތިވާ މައްސަލަ ހަމައެކަނި މިސަރުކާރުގެ ބޮލަކަށް ނުކެނޑޭނެ : ޝާޒް ވަލީދު

ޑޮލަރުލިބުން ދަތިވާ މައްސަލަ ހަމައެކަނި މިސަރުކާރުގެ ބޮލަކަށް ނުކެނޑޭނެ : ޝާޒް ވަލީދު

އައިޝަތު ރުވާ ރިފްޢަތު
342 ދުވަސް ކުރިން - 18 ޖުލައި 2025 23:05
މަޓާޓޯގެ ނައިބު ރައީސް ޝާޒު ވަލީދު
މަޓާޓޯގެ ނައިބު ރައީސް ޝާޒު ވަލީދު
ޚުލާސާ

ބޭންކިންގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހެޔޮއަގުގައި ޑޮލަރު ލިބުން ދަތިވާ މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަން ހައްލުކުރުމަށް ނިޒާމަށް ބަދަލު ގެންނަންޖެހޭ ކަމަށް ވަލީދު ވިދާޅުވި.

‎ރާއްޖޭގެ ރައްޔިތުންނަށް ޑޮލަރުލިބުން ދަތިވެ ޑޮލަރުގެ އަގު އުފެލެމުން އަންނަނީ ޒަމާނުއްސުރެ ރާއްޖޭގެ ބޭންކިންގ ނިޒާމު ރޭވިފައިވާ ގޮތުން ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ (މަޓާޓޯގެ ނައިބު ރައީސް) ޝާޒު ވަލީދު ވިދާޅުވެއްޖެ އެވެ.

‎ޝާޒް ވަލީދު މިހެން ވިދާޅުވީ ޕްރައިވެޓް މީޑިއާއަކުން "ރައްޔިތުންގެ އަޑު" މި ނަމުގައި ފޮނުވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިންކްލޫސިވް އިންޓަވިއުއެއްގައި ޝާޒު ވިދާޅުވީ ރާއްޖެއަށް ބޭންކިންގ ނިޒާމު ތަޢާރަފުވެ ރާއްޖޭގައި ފުރަމަ ދިވެހީންގެ ބޭންކްގެ ނަމުގައި ބޭންކްއޮފް މޯލްޑިވެސް ހުޅުވިގެން ދިޔައީ ރައީސް މައުމޫނުގެ ޒަޢާމަތުގަ އެވެ. ނަމަވެސް މިބޭންކް ވުޖޫދުވެގެން އައިސްފައި ވަނީ އޭރުގެ ސަރުކާރުގެ ރުހުން އޮންނަ ފަރާތްތަކަށް ފައިސާ ދޫކުރާ ތިޖޫރީއެެއްގެ ގޮތުގައި ކަމަށާއި އެކަން އަދިވެސް އިސްލާހް ވެފައި ނުވާކަން ޝާޒު ސިފަކުރައްވާފައިވެ އެވެ. ޝާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ ރާއްޖޭގެ ރައްޔިތުންގެ މިންނެތް ބުރަމަ މަސައްކަތުން އެންމެގިނަ ޑޮލަރު އެތެރެކޮށްދޭ ވަސީލަތް ކަމަށާއި ‎އެހެން ކަމުން ބޭންކިންގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހެޔޮ އަގުގައި ޑޮލަރު ލިބުން ދަތިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައްސަލައަކުން އެކަނި ނޫން ކަމަށާއި، މިއީ ޒަމާނުއްސުރެން ރާއްޖޭގެ ބޭންކިން ނިޒާމު ސަރުކާރުގެ ބާރުގެ ދަށުގައި ތަޅުއެޅުވިފައި އޮތުމުގެ ނަތީޖާ ކަމަށެވެ.

Advertisement

Advertisement 1

‎ޝާޒު ވަލީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލޯނު ނަގާފައި ވަނީ ބޭރުގެ ބޭންކުތަކުން ކަމަށާއި، އޭގެ ބަދަލު ދިވެހި ބޭންކުން ރިސޯޓުތައް ތަރައްޤީ ކުރުމަށް ލޯނު ދޫކުރާނަމަ ޤައުމަށް ލިބޭ ފައިދާ މާބޮޑުވާނެ ކަމަށާއި، އޭރުން ދިވެހި ބޭންކުގައި ޑޮލަރު ވެސް ހުންނާނެ ކަމަށެވެ. އަދި ޑޮލަރު ތާށިވެގެން އުޅޭކަށް އޭރުން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޝާޒް ވަލީދު ވިދާޅުވީ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ބަދަލުތައް ގެންނަން ވެފައި އެބައޮތް ކަމަށް ދެކެވަޑައިގަންމަވާ ކަމަށާއި، ނިޒާމު ބަދަލު ކޮށްގެން މެނުވީ ރާއްޖޭގެ މިނިވަން ވިޔާފާރިއާއި އަދި ފަތުރުވެރިކަމުގެ ވިޔާފާރި ފުޅާކުރެވޭނެ ގޮތެއް ވެސް ފެންނާން ނެތް ކަމަށެވެ.

މި ސަރުކާރު އައުމާ އެކު ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޮޑެތި މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައި ވެއެވެ. މި ބަދަލާއެކު، ފާއިތުވި ހަތަރު އަހަރުގައި 10 އިންސައްތައިގައި ހުރި ބޭރުފައިސާ މިހާރު ވަނީ 21 އިންސައްތައަށް އިތުރުވެފައެވެ.

އެމްއެމްއޭއިން ހާމަކުރެއްވިގޮތުގައި އެ އިދާރާއަށް ގެނެވޭ ޑޮލަރުގެ 30 އިންސައްތަ އަބަދުވެސް ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށް ފޯރުކޮށްދެއެވެ. އަދި ވަކިން ޚާއްސަކޮށް މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވައި އެމްއެމްއޭއިން ވިދާޅުވީ ކުރިން 5 އިންސައްތައިގެ ޓީޓީ ސަޕޯޓެއް ދެމުން ދިޔަ ބޭންކުތަކުން މިހާރު 30 އިންސައްތަ އާއި ހަމައަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ މި އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ވިޔަފާރިޑޮލަރުޝާޒް ވަލީދު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

1 ދުވަސް ކުރިން - 23:28

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

21 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

25 ދުވަސް ކުރިން - 13:39

ޑޮލަރުގެ ބަދަލުގައި ޗައިނާ ފައިސާ އިން ތެޔޮ ވިއްކަން ޖެހިދާނެ ކަމުގެ އިންޒާރެއް ޔޫއޭއިން ދީފި

“ޗައިނާ ފައިސާއިން ތެޔޮ ވިއްކަން ޖެހިދާނެ: ޔޫއޭއީ

63 ދުވަސް ކުރިން - 14:33

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަން ޑޮލަރުގެ ގެއްލުމެއް!

ހަނގުރާމައިން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަނުގެ ގެއްލުމެއް

106 ދުވަސް ކުރިން - 17:23

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

111 ދުވަސް ކުރިން - 22:22