Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޒަމާނުއްސުރެ އިޞްލާޙީ ކަންކަމުގައި ޚަރަދުކުރި ޝާޒް، ސިޔާސީ ކަންކަމަށް ޚަރަދުކުރުން ހުއްޓާލައިފި

ޒަމާނުއްސުރެ އިޞްލާޙީ ކަންކަމުގައި ޚަރަދުކުރި ޝާޒް، ސިޔާސީ ކަންކަމަށް ޚަރަދުކުރުން ހުއްޓާލައިފި

އައިޝަތު ރުވާ ރިފްޢަތު
451 ދުވަސް ކުރިން - 1 އޭޕްރިލް 2025 17:29
މުޙައްމަދު ޝާޒް ވަލީދު: ސިޔާސީ ޕޯޑިއަމްތަކުގައިވެސް އެއްވެސް ލީޑަރެއްގެ އަބުރާއި ނުބެހުމަށް ޝާޒް ނަސޭހަތްތެރިވޭ.
މުޙައްމަދު ޝާޒް ވަލީދު: ސިޔާސީ ޕޯޑިއަމްތަކުގައިވެސް އެއްވެސް ލީޑަރެއްގެ އަބުރާއި ނުބެހުމަށް ޝާޒް ނަސޭހަތްތެރިވޭ.
ޚުލާސާ

ދީނަށް ފުރައްސާރަކުރުމާއި، ޕޯޑިއަމްތަކުގައި މީސްމީހުންގެ އަބުރާއި ބެހުމަކީ ޝާޒް ބަލައިގަންނަ ކަމެއް ނޫން. އޭނާ މިހާރު ކުރައްވާ އެންމެ ބޮޑު އެއްކަމަކީ ޙާލުގައި ޖެހިފައިވާ ނިކަމެތިންނަށް އެހީތެރިވުން.

ރާއްޖޭގެއަށް އެންމެ ފުރަތަމަ ގެނައި އިސްލާހީ މޫވްމެންޓާއެކު ވެރިކަމަށް އައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށާއި އެނޫންވެސް އެކި ސިޔާސީ ޕާޓީތަކަށް ޒަމާނުއްސުރެ ހަރަދު ކުރުމުގައި އުޅުއްވި ޝާޒް ވަލީދު ސިޔާސީ ކަންކަމަށް ހަރަދުކުރުން ހުއްޓަވާލައްވައިފިއެވެ.

ޝާޒް އަކީ އަބަދުވެސް އެކިގޮތްގޮތުން ސިޔާސީ ކަންކަމަށް އެހީތެރިވާ ވިޔަފާރިވެރިޔެކެވެ. އެނގިފައިވާ ގޮތުން ދަ ޑިމޮކްރެޓްސް އަށް ވެސް ޝާޒު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ.

އެމްޑީޕީގެ ވަރަށް އެތެރެއިން މައުލޫމާތު ލިބުނު ގޮތުގައި ޝާޒްގެ ފަރާތުން ކުރިޔަށް އޮތް ތަނުގައި އެމްޑީޕީއަށް އެހީތެރިކަމެއް ލިބިދާނެކަމަށް އުންމީދު ނުކުރައްވާއިރު ޑިމޮކްރެޓްސްގެ ބޭފުޅަކު ބުނީ އެ ޕާޓީއަށް އެހީ ނުވުމަށް ޝާޒް ކުއްލިޔަކަށް ނިންމަވާފައިވާކަން އެނގޭ ކަމަށާއި، ނަމަވެސް، އެ ނިންމުން ނިންމި ސަބަބެއް ރަސްމީކޮށް ދަ ޑިމޮރެޓްސްއަށް ޝާޒު އަންގަވާފައި ނުވާ ކަމަށެވެ.

Advertisement

Advertisement 1

މިކަމާއި ގުޅިގެން، މުޅި ދުނިޔޭގެ ނަން ހިނގާ ރަޝިއާގެ ރިސޯޓް ހޮލިޑޭގެ ވެރިޔާ (ރާއްޖޭގެ ޝާޒް ވަލީދު)އަށް ޚުލާސާއިން ގުޅުމުން އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެސް ދަ ޑިމޮކްރެޓްސް އަކަށް ވެސް އަދި އެނޫން ބަޔަކަށް ވިޔަސް ސިޔާސީ ގޮތުން ވަގުތު ދިނުން ހުއްޓަލީ ކަމަށެވެ.

އަޅުގަނޑުމެންގެ ނޫސްވެރިޔާ ދެވަނަފަހަރަށް ވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ. “އެމްޑީޕީއަށް މާލީގޮތުން އެހީވުން ވެސް ހުއްޓަލީތޯ” އޭ ދެންނެވުމުން ޝާޒް ވިދާޅުވީ “ލައްބަ”އެވެ.

އިތުރު ތަފްސީލަކަށް ދިޔުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝާޒްގެ ގާތުގައި ދެންނެވުމުން އޭނާ ވިދާޅުވީ ސިޔާސީ ޕޯޑިއަމް ތަކަށް އަރައި މިހާރު ގިނަ ބަޔަކު ދައްކާ ވާހަކަތައް ވަކި ހިސާބަކުން ކޮންޓުރޯލުން ނެއްޓި ދީނުގައި ހުއްދަ ނޫން ދަރަޖައަށް ވެސް ހިނގަމުންދާ ކަމަށާއި، އެހެންކަމުން އެފަދަ ޢަމަލުތަކަށް ތަރުހީބުދޭން ބޭނުން ނުވާކަމަށެވެ.

“އެއް ރައީސަކު އަނެއް ރައީސަށް، ނުވަތަ އެއް މެންބަރަކު އަނެއް ޕާޓީގެ މީހަކާއި ދިމާލަށް ވިޔަސް އެއްޗެހިގޮވައި ޕޯޑިއަމްތަކުގައި މިހާރު ނުކިޔާ އެއްޗެއް ނުހުރޭ ނޫންތޯ؟ ތިބޭފުޅުންނަށް މާރަނގަޅަށް އެނގިލައްވާނެ… އަބުރާއި ބެހުމަށް އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑު އެފަދަ ކަމަކަށް ތަރުހީބުދޭން ދަ ޑިމޮކްރެޓްސް އަކަސް، އެމްޑީޕީއަކަސް އަދި އެހެން ސިޔާސީ ޕާޓީއަކަށް ވިޔަސް ދެނެއް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ނުވާނަން. ކުރިޔަށް އޮތްތަނުގައިވެސް ނުވާނަން” ޝާޒް ވިދާޅުވިއެވެ.

ޝާޒް އަކީ މިހާރު ވެސް ރޮހިންޔާ، ފަލަސްޠީން ފަދަ ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ބޭފުޅެއް ކަމަށް ޚުލާޞާއަށް ވަނީ ކަށަވަރު ވެފައެވެ. މި ރަމަޟާންމަހު ވެސް ކޮންމެ ދުވަހަކު ޣައްޒާގެ 500 މީހުންނަށް ޝާޒް ވަލީދު ގެންދަނީ ކާންދެމުންކަން ޚުލާޞާ އަށް އެނގިފައި ވެއެވެ.

މީގެ އިތުރުން މިހާރު ވެސް ކުޑަކުދިންގެ ޑޮކްޓަރުކަން ކިޔަވާ ފަރާތަކަށާއި އަދި އެހެން ދިވެއްސަކަށް ޕީއެޗްޑި ފެންވަރަށް ކިޔަވައިދިނުމަށް ޝާޒް ގެންދަވަނީ އަމިއްލަ ޚަރަދުގައި އެހީތެރިވަމުންނެވެ. މީގެ އިތުރުން މި ރޯދަމަހު ސިއްރިޔާތުގައި ރާއްޖޭގެ އެކި ރަށްރަށަށް ކަދުރު ފޮނުވުމުގެ އިތުރުން މިއަހަރު 21 މީހަކު ޢުމްރާއަށް ވެސް ފޮނުވިއެވެ.

ޚުލާސާއިން އެ ވާހަކަތައް އެހުމުން ޝާޒް ވިދާޅުވީ އެ ވާހަކަ އޭނާ ދައްކަން ބޭނުން ނުވާ ކަމަށެވެ. މިފަދަ އެހީތެރިކަން ވެދެއްވަމެއްނޫންތޯ ޚުލާޞާއިން ސުވާލު ކުރުމުން ޝާޒް އެކަން ދޮގެއްވެސް ނުކުރައްވައެވެ. “ތިވާހަކަ ހުއްޓާލާ” (އަޅުގަނޑުމެންގެ ސުވާލަށް ޖަވާބު ނުދޭންވެގެން ޝާޒް ވިދާޅުވިއެވެ).

އެމްޑީޕީޝާޒް ވަލީދުރިސޯޓް ލައިފް ޓްރެވެލް
Ad
Ad

9 ރިއެކްޝަންސް / 5 ކޮމެންޓް

0%
0%
0%
0%
0%

މަނިކުފާނު

331 ދުވަސް ކުރިން - 15:09

މަނިކުފާނު އަށް ދިގު އުމުރެއް ދެއްވައި ދުޅަހެޔޮކަން މަތީގައި ލަހައްޓަވާށި

އަފީފް

449 ދުވަސް ކުރިން - 22:37

ޝާޒް ވަރަށް ހާލުގަ އުޅުނު ދުވަސްވަރު އަޅުގަނޑާ ބައްދަލުވިއެވެ. ނަމަވެސް މީހެއްގެ ޙަލާތުﷲ ސުބްޙާނަހޫ ވަތަޢާލާ ބަދަލުކުރެއްވުމަށް ެިރާދަކުރައްވައިފިނަމަ، އެކަމަށް ލަހެއް ފަހެއް ނޯންނާނެއެވެ. ދުޢާއަކީ ޝާޒްއަށް ހެޔޮގޮތްތައް މެދުވެރި ކުރެއްވުމެވެ.

ޙާމިދު

450 ދުވަސް ކުރިން - 13:03

ހެޔޮގޮތުގައި ޝާޒް ހޭދަކުރައްވާ މުދަލުގެ ބަދަލު ﷲ ތަޢާލާ ދެއްވާށި. ފަސާދައަށް ހޭދަ ނުކުރެއްވުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް.

ޢަލީ

450 ދުވަސް ކުރިން - 20:16

މީހަކު ހިއްސާކުރަން ބޭނުން ނުވާ މަޢުލޫމާތުތަކެއް އަދަދުތަކާއެކު ނޫހުގައި ޖެހުމަކީ ލަދުވެތި، ބޭއަދަބީ އަދި އެމީހަކަށް ކުރެވޭ ބޭއިހުތިރާމެކެވެ. ރަނގަޅު ކޮށްލައްވާށެވެ.

ިއދކސ

451 ދުވަސް ކުރިން - 18:57

އެހީ ދިންފަރާތުން ބުނަން ބޭނުން ނުވީމާވެސް ތި މުޅި އެއްމެނަށް އިސްތިހާރު ކުރީ އެހީވާ ވާހަކަ

ގުޅޭ ޚަބަރުތައް

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

10 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

11 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

11 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

19 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

20 ދުވަސް ކުރިން - 10:25

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

22 ދުވަސް ކުރިން - 07:30