Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރަޝިޔާއިން ޖައްވަށް ނިއުކްލިއާ ސެޓްލައިޓެއް ފޮނުވަން އުޅޭ ކަމަށް ޔޫރަޕުން ބުނެފި

ހުސައިން އިސްމާއިލް
16 މިނެޓު ކުރިން - 25 ނޮވެންބަރު 2026 07:17
ރަޝިޔާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވަނީ | ފޮޓޯ: ފައިނޭންޝަލް ޓައިމްސް.
ރަޝިޔާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވަނީ | ފޮޓޯ: ފައިނޭންޝަލް ޓައިމްސް.
ޚުލާސާ

މޮސްކޯ ކައިރީގައި ރައްކާކޮށްފައިވާ މި ސެޓްލައިޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޯބިޓަށް ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖަރުމަނުގެ އަސްކަރީ އޮފިޝަލުން ލަފާކުރާއިރު މޮސްކޯއިން ބުނީ ދޮގެކޭ. ޖައްވުގައި މިފަދަ ސެޓެލައިޓެއް ގޮވައިފިނަމަ ބޭންކިންގ، ޖީޕީއެސް، މުވާޞަލާތީ ޚިދުމަތްތަކާއި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އަތުވެދާނެ.

ނިއުކްލިއާ ހަތިޔާރު ހަރުކޮށްފައިވާ "ސްޕަޓްނިކް-އެސް" ނަމަކަށް ކިޔާ ސެޓްލައިޓެއް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ޖައްވަށް ފޮނުވަން ރަޝިޔާއިން ތައްޔާރުވަމުންދާ ކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާ (ބީއެންޑީ) އާއި ހުޅަނގުގެ ބައިވެރިންގެ ރިޕޯޓުތަކާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ،

މީގެ އެތައް އަހަރެއް ކުރިން ފުރިހަމައަށް ބަނދެ، މޮސްކޯ ކައިރީގައި ރައްކާކޮށްފައިވާ މި ސެޓްލައިޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޯބިޓަށް ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖަރުމަނުގެ އަސްކަރީ އޮފިޝަލުން ލަފާކުރެއެވެ.

މި މަޢުލޫމާތުތަކާ ގުޅިގެން ބާލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ ވިދާޅުވީ، ޖައްވީ ސަރަހައްދު ހިމެނޭހެން ނޭޓޯގެ ކޮންމެ އިންޗިއެއް ދިފާޢުކޮށް ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ. އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ވިދާޅުވީ، މިއީ މުޅިން އާ ވާހަކައަކަށް ނުވިޔަސް، މިއީ ރަޝިޔާއިން ހަމަނުޖެހުންތައް ފުޅާކުރަން ތައްޔާރަށް އޮތް މިންވަރު ހާމަކޮށްދޭ ނުރައްކާތެރި ކަމެއް ކަމަށެވެ.

Advertisement

Advertisement 1

ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، ޖައްވުގައި މިފަދަ ނިއުކްލިއާ ހަތިޔާރެއް ގޮއްވާލައިފިނަމަ އޭގެ އިލެކްޓްރޯމެގްނެޓިކް ޕަލްސް (އީއެމްޕީ) އާއި ރޭޑިއޭޝަންގެ ސަބަބުން ދުނިޔޭގެ ތިރީ އޯބިޓުގައިވާ ސެޓްލައިޓްތަކުގެ ތިންބައިކުޅަ އެއްބަޔަށް ގެއްލުންވެ، ބޭންކިންގ، ޖީޕީއެސް، މުވާޞަލާތީ ޚިދުމަތްތަކާއި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އަތުވެދާނެއެވެ. މީގެ އިތުރުން، ޖައްވުގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓުމަކީ 1967 ވަނަ އަހަރު ރަޝިޔާއިންވެސް ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ "އައުޓާ ސްޕޭސް ޓްރީޓީ" އާ ކަނޑައެޅިގެން ޚިލާފު ޢަމަލެކެވެ.

ނަމަވެސް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ ކާކުކަން ނޭނގޭ މަސްދަރުތަކާ ހަވާލާދީ ފަތުރާ މިފަދަ ޚަބަރުތަކަކީ ސީރިއަސްކޮށް ނަގަންޖެހޭ ވަރުގެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި ބާލިންގައި ހުންނަ ރަޝިޔާ އެމްބަސީންވެސް ބުނެފައިވަނީ މިއީ ރަޝިޔާއާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާ ކެމްޕޭނެއްގެ ބައެއް ކަމަށާއި، ރަޝިޔާގެ ޖައްވީ ހަރަކާތްތައް ކުރިއަށްދަނީ ހަމައެކަނި ސުލްޙަވެރި ބޭނުންތަކަށް ކަމަށެވެ.

ސައިންސްރަޝިއާދުނިޔެބޭރު ދުނިޔެޔޫރަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެފްކޮން ތަށި އަލުން ސެނެގާލަށް ދިނުމަށް ނިންމައިފި

އެފްކޮން ތަށި އަލުން ސެނެގާލަށް ދިނުމަށް ނިންމައިފި

41 މިނެޓު ކުރިން - 06:52

ކޮލަމްބިއާގެ ސުޕަމާކެޓެއްގައި 25 މީހުން ރަހީނުކޮށްފި

ކޮލަމްބިއާގެ ސުޕަމާކެޓެއްގައި 25 މީހުން ރަހީނުކޮށްފި

54 މިނެޓު ކުރިން - 06:39

ޔޫކްރެއިނަށް އަންނަ އަހަރު 115 ބިލިއަން ޔޫރޯ ބޭނުންވޭ: ޒެލެންސްކީ

ޔޫކްރެއިނަށް އަންނަ އަހަރު 115 ބިލިއަން ޔޫރޯ ބޭނުންވޭ: ޒެލެންސްކީ

1 ގަޑިއިރު ކުރިން - 06:31

އެސްޓޯނިއާ އާއި ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ: ރަޝިޔާ

އެސްޓޯނިއާ އާއި ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ: ރަޝިޔާ

21 ގަޑިއިރު ކުރިން - 09:57

ލީބިޔާއާއި ބޯލްޓިކް ހަމަލާތަކަށްފަހު ރަޝިޔާއިން އިންޒާރު ދީފި

ލީބިޔާއާއި ބޯލްޓިކް ހަމަލާތަކަށްފަހު ރަޝިޔާއިން އިންޒާރު ދީފި

21 ގަޑިއިރު ކުރިން - 09:39

އދ.އިން ފިޔަވަޅު ނާޅައިފިނަމަ މުޅި މެދުއިރުމައްޗަށް ކެމިކަލްގެ ނުރައްކާ: އިރާން

އދ.އިން ފިޔަވަޅު ނާޅައިފިނަމަ މުޅި މެދުއިރުމައްޗަށް ކެމިކަލްގެ ނުރައްކާ: އިރާން

22 ގަޑިއިރު ކުރިން - 09:15