Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ފާތިމަތު އަނަން މުހައްމަދު
4 ގަޑިއިރު ކުރިން - 20 އޯގަސްޓް 2026 11:43
ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ޚުލާސާ

ވަކި ޖިންސަކަށް ވީތީވެ އަނިޔާ ކުރާ މައްސަލަތައް ވެސް ހުށަހެޅިފައިވާ އިރު، ކުޑަކުދިންނަށް ބޮޑެތި އިހުމާލު ވުމުގެ 22 މައްސަލަ އާއި، ޖިންސީ އަނިޔާ ތަކުގެ މައްސަލަ ތައް ވެސް ހުށަހަޅާފައިވޭ.

ޖުލައި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ.

އެގޮތުން އިހުމާލުވުމުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 6 މައްސަލައެއް ހިމެނެއެވެ.

Advertisement

Advertisement 1

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ، ޖިންސީ ގޯނާ ކުރުމުގެ މައްސަލައެވެ. އެގޮތުން، ޖިންސީ ގޯނާކުރުމުގެ 17 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނާ ގުޅޭ 14 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 3 މައްސަލައެއް ހިމެނެއެވެ. 

މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ފެނުމުގެ 14 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 9 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ 7 މައްސަލައަކާއި، ބްލެކްމެއިލް ކުރުމުގެ 4 މައްސަލައަކާއި، ބުލީކުރުމުގެ 4 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ފުރައްސާރައިގެ 2 މައްސަލައާއި، ކުޑަކުދިންގެ ނާޖައިޒު ފައިދާ ނެގުމުގެ 2 މައްސަލައާއި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންގެ ނާޖައިޒު ފައިދާ ނެގުމުގެ މައްސަލައަކާއި، ޖިންސީގޮތުން ކުޑަކުދިންގެ ނާޖައިޒު ފައިދާ ނެގުމުގެ މައްސަލައަކާއި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިން ގްރޫމްކުރުމުގެ މައްސަލައަކާއި، އިންޓަރނެޓް މެދުވެރިކޮށް ބުލީ ކުރުމުގެ މައްސަލައަކާއި އަދި އެހެނިހެން 3 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު ޖުމްލަ 54 މައްސަލައެއް ވަނީ އެވުޒާރާއަށް ހުށަހަޅާފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 32 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި، ފިރިހެނުންނާއި ގުޅޭ 5 މައްސަލައެއް ހިމެނެއެވެ.

ޢާއިލީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 26 މައްސަލައެއް ވަނީ އެވުޒާރާއަށް ހުށަހަޅާފައެވެ. އަދި އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 14 މައްސަލަ ހުށަހަޅާފައިވެއެވެ.

ވުޒާރާގެ ހެލްޕްލައިނަށް ލިބިފައިވާ ކޯލުތަކުގެ އަދަދަށް ބަލާއިރު ޖުލައި މަހު އެ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2463 ކޯލު ލިބިފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ. އޭގެތެރެއިން 112 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތައްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް

1 ގަޑިއިރު ކުރިން - 14:32

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

11 ދުވަސް ކުރިން - 10:44

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

78 ދުވަސް ކުރިން - 03:12

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

80 ދުވަސް ކުރިން - 12:41

ކުޑަކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭކަން ހާމަވެއްޖެ؛ ބެލެނިވެރިން ސަމާލުވާންޖެހޭ

ކުޑަކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭ: ދިރާސާ

96 ދުވަސް ކުރިން - 15:57

ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސް

ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

102 ދުވަސް ކުރިން - 13:06