Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 20 އޯގަސްޓް 2026 14:32
ފޮޓޯ: ޚުލާސާ ނިއުސް
ފޮޓޯ: ޚުލާސާ ނިއުސް
ޚުލާސާ

ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފި ކަމުގެ ކުށް ސާބިތު ވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވޭ.

އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ޖުލައި މަހުގައި ރިޕޯޓް ކޮށްފައިވާ ކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ ނަންބަރުގެ (ހ) ގައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެއްކަމާއި އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނެއް ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ހަަމަ އެހެންމެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއްއޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެއް ކަމުގައި ކަނޑއަޅާފައިވެއެވެ. އަދި އެ ކުށް ސާބިތުވެއްޖެނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައިވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

Advertisement

Advertisement 1

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅުންހުރި 88 މައްސަލައެއް ޖުލައި މަހު ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 54 މައްސަލައަކީ އަންހެން ކުދިންނަށް ކުރާ އެކި އެކި އަނިޔާތަކާގުޅޭ މައްސަލަތަކެވެ.

އެގޮތުން، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އިހުމާލުވުމުގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެއް ހިމެނެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ، ޖިންސީ ގޯނާ ކުރުމުގެ މައްސަލައެވެ. އެގޮތުން، ޖިންސީ ގޯނާކުރުމުގެ 17 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނާ ގުޅޭ 14 މައްސަލަ ހިމެނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 78 މައްސަލައެއް ރިޕޯޓު ކޮށްފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާކުޑަކުދިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

4 ގަޑިއިރު ކުރިން - 11:43

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

ނ. ކެނދިކުޅުދޫގައިާ ކުޑަކުދިންގެ ޕާކެއް އާރުޑީސީން ހުޅުވައިފި

11 ދުވަސް ކުރިން - 10:44

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

78 ދުވަސް ކުރިން - 03:12

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

80 ދުވަސް ކުރިން - 12:41

ކުޑަކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭކަން ހާމަވެއްޖެ؛ ބެލެނިވެރިން ސަމާލުވާންޖެހޭ

ކުޑަކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭ: ދިރާސާ

97 ދުވަސް ކުރިން - 15:57

ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން: ރައީސް

ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

102 ދުވަސް ކުރިން - 13:06