ރައީސްގެ ޓޮބާކޯ ބޭން ވިލަރެސް ކުރުމަށް ހާއްސަ ނިޒާމެއް ކަނޑައަޅައިފި. ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނުންތައް ކުރިޔަށް ގެންދިއުމަށް ނިންމައިފި. މި ކެމޕޭޏުގައި މަދަރުސާރަކާ، މަދަނީ ޖަމިއްޔާތައް ބައިވެރި ކުރާނެ. ދުންފަތުގެ އިސްތިއުމާލާ ދުރުވެފައި ތިބި އެތިލީޓުންނަށް ގައުމީ ޓީމުތަކުގައި ބައިވެރިވެވޭނެ ނިޒާމަކަށް މަސައްކަތްކުރާކަން.
56 ދުވަސް ކުރިން - 12:09
ވަގަށް ނަގާ ކޮޕަރާއި ދަގަނޑު ގަނެގެން ބޭރަށް އެކްސްޕޯޓްކުރާ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކޮންޓްރޯލްކޮށް، އެފަދަ ތަކެތި ގަންނަ މަގުތައް ބަންދުކުރުމަށް ވަނީ ނިންމަވާފަ.
56 ދުވަސް ކުރިން - 10:34
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
56 ދުވަސް ކުރިން - 10:06
ވަޒީރުންގެ މަޖިލީހުން ބޭއްވެވި ޖަލްސާގައި ނިންމަވާފައިވަނީ، ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން އަލުން ރިޕްލޭސް ކުރަންޖެހޭ ޙާލަތްތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން ހުށަހަޅައި ޕޮލިސް ރިޕޯޓެއް ހޯދުމަށްފަހު މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތް ހެދުމަށް.
56 ދުވަސް ކުރިން - 09:29
ޖަލަށް ވައްދާނސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި. މިއީ ޖަލުތަކުގެ ތެރޭގައި ސިމްކާޑު ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މުޢާމަލާތްތަކާއި އެހެނިހެން ކުށްތަކަށް ނިމުމެއް ގެނައުމަށްޓަކައި ސަރުކާރުން ފެށްޓެވި މުހިންމު މަސައްކަތެއް.
56 ދުވަސް ކުރިން - 09:09
މި ފޯރަމްގައި އެލައިޑްގެ ފަރާތުން ސަޕްލައި ޗެއިންތަކުގެ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި، އިމާރާތްކުރުމުގެ މަޝްރޫއުތައް ރައްކާތެރިކުރުމަށް އިންޝުއަރެންސާއި ރިސްކް މެނޭޖްމަންޓްގެ މުހިންމުކަމާ ބެހޭގޮތުން ޕެނަލިސްޓުންގެ ގޮތުގައި މައުލޫމާތު ދެއްވި. މީގެ ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުން.
57 ދުވަސް ކުރިން - 20:56
ކަރަންޓު ބިލުގެ އިތުރުން ވެމްކޯގެ ބިލުތަކުގެ ތަފްސީލާއި، ވޭތުވެދިޔަ މަސްތަކުގެ ބިލުތައް ބަލާލުމުގެ އިތުރުން އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށް ވެމްކޯއިން ފާހަގަކުރި.
57 ދުވަސް ކުރިން - 19:57
އެ ހިލަ އޭނާގެ ހަށިގަނޑު ތެރޭގައި 5 އަރާއި 10 އަހަރުގެ މުއްދަތަކަށް ހުރިކަމަށް ލަފާކުރެވޭ. ބަލިމީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް އޭނާގެ އެހެނިހެން ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށްޓަކައި އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބާއްވާފައިވާކަމަށް ޑޮކްޓަރުން ބުނޭ.
57 ދުވަސް ކުރިން - 17:37
މި މައްސަލަ މެޓާއާ ދެކޮޅަށް ނިމިއްޖެނަމަ މިއީ އެ ކުންފުނީގެ ތާރީހުގައި އިންސްޓަގްރާމާއި ފޭސްބުކަށް އަންނާނެ އެންމެ ބޮޑު ބަދަލަށް ވެގެންދާނެ. ނަމަވެސް މެޓާއިން ބުނީ، ޒުވާނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް.
57 ދުވަސް ކުރިން - 17:33
ޒުވާނުން ސިޔާސީ ކަންކަމުގައި ބައިވެރިކޮށް، އެމީހުންގެ އަޑު ލީޑަރޝިޕަށް އިއްވައިދިނުމުގައި ޔޫތު ވިންގު މުހިންމު ދައުރެއް އަދާކުރާއިރު، އަސާސީ ގަވާއިދު ބުނާގޮތުން އެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރާނީ ޕާޓީގެ މަތީ މަޖިލީހުން.
57 ދުވަސް ކުރިން - 12:53
ފަންނީ ގޮތުން މީހުން ބިނާކުރުމަށްޓަކައި އެމްއެމްއޭއިން ދާދިފަހުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަކުރައްވަމުން، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި.
57 ދުވަސް ކުރިން - 12:17
ސަރުކާރުން ވަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރާ މީހުންނަށް، އަމިއްލަ މަސައްކަތްތައް ފެށުމަށް ފުރުސަތު ދިނުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައި.
57 ދުވަސް ކުރިން - 11:37