Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

" ޖެނެރޭޝަނަލް ޓޮބަކޯ ބޭން" ހަރުދަނާ ކޮށް ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

" ޖެނެރޭޝަނަލް ޓޮބަކޯ ބޭން" ހަރުދަނާ ކޮށް ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ނިންމައިފި

އައިޝަތު އިމްސާ
3 ގަޑިއިރު ކުރިން - 19 އޯގަސްޓް 2026 12:09
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ ފޮޓޯ: ހުލާސާ ނިއުސް
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

ރައީސްގެ ޓޮބާކޯ ބޭން ވިލަރެސް ކުރުމަށް ހާއްސަ ނިޒާމެއް ކަނޑައަޅައިފި. ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނުންތައް ކުރިޔަށް ގެންދިއުމަށް ނިންމައިފި. މި ކެމޕޭޏުގައި މަދަރުސާރަކާ، މަދަނީ ޖަމިއްޔާތައް ބައިވެރި ކުރާނެ. ދުންފަތުގެ އިސްތިއުމާލާ ދުރުވެފައި ތިބި އެތިލީޓުންނަށް ގައުމީ ޓީމުތަކުގައި ބައިވެރިވެވޭނެ ނިޒާމަކަށް މަސައްކަތްކުރާކަން.

ރައީސުލް ޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައިވާ "ޖެނަރޭޭޝަނަލް ޓޯބާކޯ ބޭން" ހަރުދަނާ ކޮށް، އެކަން މުޅި ރާއްޖެއެއަށް ވިލަރެސްކުރެވޭނެ ޚާއްސަ ނިޒާމެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ދުންފަތާއި ނިކޮޓީންގެ ނުރައްކަލުން ކުރިއަށް އޮތް ޖީލު ސަލާމަތްކުރުމުގެ އަމާޒުގައި ތަޢާރަފް ކުރެއްވި "ޖެނަރޭޭޝަނަލް ޓޯބާކޯ ބޭން" ހަރުދަނާ ކޮށް މުޅި ރާއްޖެއަށް ވިލަސްކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށް ނިންމެވީ 16 އޮގަސްޓު 2026 އާދިއްތަ ވީ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނުންތައް ކުރިޔަށް ގެންދިއުމަށާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖާއުކުރުމާ ގުޅޭ ސަބް-ކޮމިޓީންވަނީ އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައެވެ.

Advertisement

Advertisement 1

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް.

އެ ކޮމިޓީއިން ހިއްސާކުރައްވާފައިވާ މަޢުލޫމާތައް ރިޢާޔަތްކުރައްވާ ވަޒީރުންގެ މަޖިލީހުން ވަނީ، ދުންފަތާއިި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނުތަކުގައި ހިމަނުއްވައިގެން، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަނފީޒުކުރުމާއި ގުޅޭ ކަންތައްތައް، ތައުލީމީ ވުޒާރާއާއި ސިއްހަތާ ބެހޭ ވުޒާރާ ގުޅިގެން ކެމްޕޭން ވިލަރެސް ކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށްވެސް ނިންމާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކެމްޕޭނުގައި، ރާއްޖޭގެ ވިހާވެސް ގިނަ މަދަނީ ޖަމިއްޔާތައް ބައިވެރިކުރުމުގެ އަމާޒުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭނެ ފަރާތެއް ސިއްހަތާބެހޭ ވުޒާރާއިން އެކަށައެޅުއްވުމަށާއި، ކެމްޕޭނުގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާއާއި، މާލެ ސަރަހައްދުން ވިހާވެސް ގިނަ ޖަމިއްޔާތައް ބައިވެރިކުރުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތް އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގެ ހަރަކާތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައި ކަމުގައި ރައީސް އޮފީހުން ހާމަކުރެއެވެ. ހަމައެއާއެކު، ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުވެފައި ތިބި އެތުލީޓުނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް އެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށް ބުނެފިއެވެ.

މި "ޖެނަރޭޭޝަނަލް ޓޯބާކޯ ބޭން"ގެ ކުރިންވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށް ވަނީ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އީ-ސިގަރޭޓާއި، ވޭޕުކުރުމަށް ބޭނުންކުރާ ސާމާނު ރާއްޖެ އެތެރެކުރުން 2024ވަނަ އަހަރު ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ އިސަތިޢުމާލު ކުރުމަާއި، އޭގެ ބާވާތުގެ ތަކެތި ގެނގުޅޭވޭ އެންމެ ހަގު އުމުރު، 18 އަހަރުން 21 އަހަރަށް ވަނީ އިތުރުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވަޒީރުންގެ މަޖިލީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

48 މިނެޓު ކުރިން - 15:17

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފި

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރަނީ

1 ގަޑިއިރު ކުރިން - 14:28

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން މަޖިލީހަށް ހުށައަޅައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން ހުށައަޅައިފި

3 ދުވަސް ކުރިން - 13:36

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

3 ދުވަސް ކުރިން - 23:48

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

3 ދުވަސް ކުރިން - 21:26

މަދު ބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް - ރައީސް

“މަދުބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް”

4 ދުވަސް ކުރިން - 14:34