ނިމިދިޔަ އެމްޑީޕީ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97 އިންސައްތައަށްވަނީ އިތުރުވެފަ. ކުންފުނި ތަކުގެ މާލީ ހާލަތާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތުގަިއ ކުރިޔަށް ގެންދެވޭނެގޮތް ފޯރުކޮށްދިނުމަށް އިރުޝާދުދެނީ އަދި ސިޔާސީ ފިކުރަށް ބިނާކޮށް އެވެސް މުވައްޒަފަކު ވަކި ނުކުރާނަން.
57 ދުވަސް ކުރިން - 11:13
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލީ ހާލަތު ޖުމްލަކޮށް ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި ހިންގުމުގެ ޚަރަދުތައް ކުޑަކުރުން. ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ފަރުވާ ކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން މަގާމުން ވަކިކުރެވޭނެ ނިޒާމެއް ސަރުކާރުން ވަނީ އެކުލަވާލާފަ.
57 ދުވަސް ކުރިން - 11:07
2018 ވަނަ އަހަރު ކުންފުނި ތަކުގައި ތިބީ 18,676 މުވައްޒަފުން. ކޮންމެ އިންތިހާބަކާއި ދިމާކޮށް އެމްޑީޕީ އިން އޭރު ވޯޓު ހޯދަންވެގެން ކުންފުނިތަކަށް މުވައްޒަފުން އިތުރުކޮށް، އެ ސަރުކާރުގެ ދައުރު ނިމުނުއިރު 2023 ގެ ނިޔަލަށް މި އަދަދު ވަނީ 36,729 އަށް އުފުލިފަ.
57 ދުވަސް ކުރިން - 10:56
ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާއިރު، ބޭރުތޮށި އޭ ލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެއް.
57 ދުވަސް ކުރިން - 10:53
މި ތަކެތި އަތުލައިގެންފައިވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ޝައްކު ކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި. ކަސްޓަމުން ބުނެފައިވަނީ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް ކަމަށް. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.
57 ދުވަސް ކުރިން - 09:18
މި އަހަރުގެ ތެރޭގައި އެ ކައުންސިލުން ބޭއްވި ދެ ބައްދަލުވުމަކަށް ޖުމްލަ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މިއިން ކޮންމެ ބައްދަލުވުމަކަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ.
58 ދުވަސް ކުރިން - 08:02
މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ އެމްއެމްއޭ އިން ލައިސެންސް ލިބިގެން ދިވެހިރާއްޖޭގައި ރަސްމީކޮށް ބޭންކިންގް ޚިދުމަތް ދޭންފެށި 9 ވަނަ ބޭންކް. މި ބޭންކުގެ މައިގަނޑު ހިއްސާދަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް. ޗެއާޕާސަނީ އޭނާގެ ދަރިކަނބަލުން ޢާއިޝާ ނޫރްޢައިން ޖަނާޙް.
58 ދުވަސް ކުރިން - 05:28
އަމިއްލަ ޒާތީ އަދި ސިޔާސީ ބޭނުމެއްގައި މިކަން ކުރި މުވައްޒަފު ވަޒީފާއިން އެކަހެރިކޮށް، ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އެމްޓީސީސީން ހާމަކުރޭ. ކުންފުނިން ބޭރު ފަރާތެއް މިކަމުގައި ބައިވެރި ނުވާކަމަށް އެމްޓީސީސީ ކަށަވަރުކުރޭ.
58 ދުވަސް ކުރިން - 17:09
ޔާމީން މިފަދައިން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ވަނީ އެއްވެސް ރައްޔިތެއްގެ ބިން އަތުނުލާނެ ކަމަށް ވިދާޅުވެފަ. އެގޮތުން ބިންތައް އަތުނުލައި، ރަސްމާލެ އަދި ގްރޭޓަރ މާލެ ސަރަޙައްދުން ރެކޯޑު އަދަދަކަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން.
58 ދުވަސް ކުރިން - 14:01
އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެމަގުން 17،220 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ. އަދި މީގެ އިތުރުން އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ.
58 ދުވަސް ކުރިން - 13:41
މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއު ތަކުގެ ކޮންޓްރެކްޓް ތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދެމެދު ހަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން.
58 ދުވަސް ކުރިން - 13:01
މިއަދު ސްޓޭޓް ފާމާއިން މ. ދިއްގަރު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވޭ.
58 ދުވަސް ކުރިން - 12:59