މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑްރޯނާއި މަނަވަރުގެ އިތުރުން އެމެރިކާ ނޭވީގެ މަތިންދާބޯޓެއް ވަނީ ބޭނުންކޮށްފަ. ނަމަވެސް، 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ދޯނި އަޑިއަށް ގޮސްފައިވާތީ، 11 ދުވަސް ވެފައިވާ މި ހާދިސާގައި ގެއްލުނު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވަނީ ބެލެވިފަ.
59 ދުވަސް ކުރިން - 10:07
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ހަސަން ޒަރީރު އަދި އެސްޓީއޯގެ ފަރާތުން އެމްޑީ ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ތިއާމް ހީ އެންޖީ. މީގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން ހަކަތައިގެ އަގުތަކަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުން.
59 ދުވަސް ކުރިން - 21:15
އަމިއްލަ ޒާތީ އަދި ސިޔާސީ ބޭނުމެއްގައި މިކަން ކުރި މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފައިވާއިރު، ސިސްޓަމް ވަގުތުން ލޮކްޑައުންކޮށް، ރޭގެ ވަގުތެއްގައި ވަނީ ރައްކާތެރިކަމާއެކު އަލުން އިއާދަކޮށްފަ. އަދި މިހާރު ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އެމްޓީސީސީން ހާމަކުރޭ.
59 ދުވަސް ކުރިން - 19:59
ޕްލޭނިންގ މިނިސްޓްރީއާއެކު 2023 ވަނަ އަހަރު ސޮއިކުރި މި މަޝްރޫއަކީ އެއާޕޯޓަށް ދަތުރުފަތުރު ކުރުން ފަސޭހަކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް. މީގެ ދަށުން 62،400 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރާނެ.
59 ދުވަސް ކުރިން - 19:33
ސ. މީދޫ، އަހްމަދު ޝާޠިރު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ހަނިކުރާ އެއްޗެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވުމެއްނެތި ފޯރުކޮށްދިނުމަށް މުހިންމު ފިޔަވަޅެއް ކަމަށް. އަދި މި ޕެޓިޝަނުގައި މިހާރުވެސް 855 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ.
59 ދުވަސް ކުރިން - 19:11
ދިވެހި ސަގާފަތާއި ތަރިކަ ދައްކުވައިދޭ ގޮތަށް ބައެއް ގަސްތަކުގެ ބަދަލުގައި ރުއް އިންދި މި މަސައްކަތުގެ މަގްސަދަކީ، އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަ، ފެހި އަދި ދެމެހެއްޓެނިވި ރީތި މާހައުލެއް ޝަހަރުގެ ތެރޭގައި ގާއިމުކުރުން.
59 ދުވަސް ކުރިން - 18:49
އެޗްޑީސީގައި، އެ އިދާރާއާއި، އެމްބީއެސް ގުޅީގެން، އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ލޭހަދިޔާ ކުރުމަށް ބްލަޑް ކޭމްޕެއް ފަށައި، ކޭމްޕު ކުރިޔަށް ދާނީ މިއަދު ހަވީރުވަންދެން އަދި ކުރިންވެސް އެޗްޑީސީއިން މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
59 ދުވަސް ކުރިން - 16:00
ޝަމްއޫނަކީ ކުރިންވެސް އެ ކޮމިޝަނުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މި ނަންތައް ދިރާސާކުރަން ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މެމްބަރަކު އައްޔަންކުރާނީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން.
59 ދުވަސް ކުރިން - 13:36
މި ހާދިސާގައި ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު.
59 ދުވަސް ކުރިން - 13:21
އެމްއެންޑީއެފުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެހީތެރިވުމުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެގެން ވަނީ ފަރުވާދީފަ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން.
59 ދުވަސް ކުރިން - 10:23
އެމްއެންޑީއެފް، ކަސްޓަމްސް، ފުލުހުން، ހުޅުމާލެ ހޮސްޕިޓަލް އަދި ރެޑް ކްރެސެންޓް ބައިވެރިވި މި ތަމްރީނުގައި، ކުއްލި ހާލަތްތަކުގައި އިޖާބަދޭ މިންވަރާއި މުއައްސަސާތަކުގެ ގުޅުން ވަޒަންކުރި. މީގެ ތެރޭގައި ކޮންޓޭނަރުގައި ރޯވި އަލިފާން ނިއްވުމާއި ޒަޚަމްވި މީހުންނަށް ފަރުވާދިނުން ހިމެނޭ.
60 ދުވަސް ކުރިން - 23:57
އެމްއެންޑީއެފް، ކަސްޓަމްސް، ފުލުހުން، ހުޅުމާލެ ހޮސްޕިޓަލް އަދި ރެޑް ކްރެސެންޓް ބައިވެރިވި މި ތަމްރީނުގައި، ކުއްލި ހާލަތްތަކުގައި އިޖާބަދޭ މިންވަރާއި މުއައްސަސާތަކުގެ ގުޅުން ވަޒަންކުރި. މީގެ ތެރޭގައި ކޮންޓޭނަރުގައި ރޯވި އަލިފާން ނިއްވުމާއި ޒަޚަމްވި މީހުންނަށް ފަރުވާދިނުން ހިމެނޭ.
60 ދުވަސް ކުރިން - 23:57