Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އައިޝަތު އިމްސާ
9 ގަޑިއިރު ކުރިން - 16 އޯގަސްޓް 2026 16:00
އެޗްޑީސީ މުވައްޒަފުން ލޭ ހަދިޔާ ކުރަނީ / ފޮޓޯ: އެޗްޑީސީ
އެޗްޑީސީ މުވައްޒަފުން ލޭ ހަދިޔާ ކުރަނީ / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެޗްޑީސީގައި، އެ އިދާރާއާއި، އެމްބީއެސް ގުޅީގެން، އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ލޭހަދިޔާ ކުރުމަށް ބްލަޑް ކޭމްޕެއް ފަށައި، ކޭމްޕު ކުރިޔަށް ދާނީ މިއަދު ހަވީރުވަންދެން އަދި ކުރިންވެސް އެޗްޑީސީއިން މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ލޭހަދިޔާކުރުމަށް، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ބްލަޑް ބޭންކް (އެމްބީއެސް) ގުޅިގެން ބްލަޑް ކޭމްޕެއް މިއަދު ފަށައިފިއެވެ.

ބްލަޑް ކޭމްޕު ފެށުމުގެ މައިގަނޑު މަގުސަދަކީ އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުމަށާއި ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީވުމަށް ކަމުގައި އެޗްޑީސީން މައުލޫމާތުދެއެވެ.

މި ބްލަޑް ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރަށެވެ. އަދި، ލޭ ހަދިޔާ ކުރުމުގެ އިތުރުން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު އެޗްޑީސީގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލާފައިވާކަމުގެ އެ އިދާރާއިން މައުލޫމާތުދެއެވެ.

Advertisement

Advertisement 1

މި ހަރަކާތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ކޭމްޕު ކުރިޔަށް ގެންދިއުމަށް ނިންމެވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ބްލަޑް ބޭންކުގައި ލޭމަދުވެފައިވާ ކަމަށް މައުލޫމާތު ދިނުމުންނެވެ. އަދި އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މިއަހަރު ޖަނަވަރީ މަހުވެސް މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކުރިއަށްއޮތްތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެ އިދާރާއިން އަމާޒު ހިފާފައިވާކަމަށް ޝަހީދު ވިދާޅުވިއެވެ.

އެޗްޑީސީމޯލްޑިވިއަން ބްލަޑް ސަރވިސަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

16 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

24 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

25 ދުވަސް ކުރިން - 16:09

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

48 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

56 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

59 ދުވަސް ކުރިން - 16:32